
ފީފާ އަދި ޔޫއެފްއާއިން އިޒްރާއީލްގެ ފުޓުބޯޅަ ޓީމު ބޭންކޮށް ބޭރުކުރުމަށް ތުރުކީގެ އެތުލީޓުން ގޮވާލައިފި އެވެ. ޔޫރަޕު ފުޓުބޯޅައިގެ ހިންގުންތެރިން ކަމުގައިވާ ޔޫއެފްއާގެ މެމްބަރު ގައުމުތަކުގެ ތެރެއިން ތުރުކީ ވެފައިވަނީ، އިޒްރާއީލްއާއި ދެކޮޅަށް އަޑުއުފުލައި، އެޓީމު ބޭރުކުރުމަށް ގޮވާލި ފުރަތަމަ ގައުމަށެވެ. އަދި ޣައްޒާގައި އިޒްރާއީލުން ހިންގަމުންދާ ލާއިންސަނީ އަމަލުތަކުގެ ސަބަބުން އެގައުމާމެދު ފިޔަވަޅު އެޅުމަށް ގޮވާލާ ގޮވާލުން އިތުރުވެ، 2026 ގެ ވޯލްޑްކަޕްއާއި ދިމާކޮށް ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތައްކަށް ދަނީ ޕްރެޝަރު އިތުރުވަމުންނެވެ. ދުނިޔޭގެ އަދި ޔޫރަޕުގެ ފުޓުބޯޅަ ޖަމާއަތްތަކަށް ތުރުކީގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް އިބްރާހިމް ހަޝެއޮސްމަނޮގްލޮ ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ”މިއީ ފީފާ އަދި ޔޫއެފްއާއިން އަމަލުކޮށް ފިޔަވަޅެއް އަޅަންވީ ވަގުތު“ ކަމަށެވެ. އަދި ސުލްހައާއި އިންސާނީ ކަރާމާތް ދިފާއުކޮށް ދަމަހައްޓާ ބައެއްގެ ގޮތުގައި ފުޓުބޯޅަ ފެޑެރޭޝަންތައް އޮތްއިރު، މިމައްސަލައާމެދު ހަމަހިމޭނުން ތިބޭތާ މާގިނަދުވެސް ވެއްޖެ ކަމަށާއި، ފުޓުބޯޅަ ފެޑެރޭޝަންތަކުގެ މިފަދަ ރިވެރި އުސޫލްތަކަށްޓަކައިވެސް ޣައްޒާގައި…
އިތުރަށް ކިޔާލާ






ރައީސް މަޑޫރޯ ގައުމު ދޫކޮށް ވަގުތުން ދިއުމަށް އެމެރިކާއިން ރަސްމީ އަމުރެއް ނެރެފި އެވެ. ވެނެޒުއެލާގެ ރައީސް މަޑޫރޯ ވަގުތުން…
އިތުރަށް ވިދާޅުވޭ »




ރާއްޖެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން އަލީބާބާ.ކޮމް އާއެކު ވެބިނާއެއް ބާއްވައިފި އެވެ. އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން…
އިތުރަށް ވިދާޅުވޭ »




މޫދު ރީތި، ވައި މަޑު، އުޑުމަތި ސާފު، ދުވަހެކެވެ. މޫދަށް އެރިލުމަށްޓަކައި ޒުވާނަކު ހިނގައިގަތެވެ. އެއީ ޢާންމުގޮތެއްގައި މޫދަށް އެރިއުޅޭ…
އިތުރަށް ވިދާޅުވޭ »





