މަޤުބޫލު

“އެޓޯލްނިއުސް” އައު ބަދަލުތަކަކާއި އެކު

އެޓޯލް ނިއުސް ވަނީ ރީބްރޭންޑް ކޮށްފައި

އެޓޯލްނިއުސް އަކީ 2015 ވަނަ އަހަރުން ފެށިގެން ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ނޫހެކެވެ. ތަފާތު ސަބަބުތަކާއި ހުރެ ދުވަސްކޮޅެއްގެ މަޑުޖެހުމަކަށްފަހު، މިނޫސް މިވަނީ ރީބްރޭންޑްކޮށް އައު ލޯގޯއާއި ވެބްސައިޓާއި އެކު ފަށާފައެވެ. އެޓޯލްނިއުސްގެ އައު ވެބްސައިޓަކީ ކިޔުންތެރިންނަށް ފަސޭހައިން ބޭނުންކޮށްލެވޭނެ ސައިޓެކެވެ. އަދި  ލޯގޯއަށް ބަދަލުގެނެސްފައިވަނީ، ޒަމާނާއިގުޅޭ ގޮތަށް ލޯގޯ ބަދަލުކޮށްލުމުގެ ގޮތުންނެވެ. އައުލޯގޯވެސް ފަރުމާކޮށްފައިވަނީ ކުރީގެ ލޯގޯގެ އަސްލު ނުގެއްލޭނެހެންނެވެ.

Logo before and After
އެޓޯލް ނިއުސްގެ ކުރިއާއި މިހާރުގެ ލޯގޯ

އެޓޯލްނިއުސް އަކީ ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި ޚަބަރުތަކުގެ އިތުރުން، ކުޅިވަރު، ސިޔާސީ އަދި އިޖްތިމާޢީ، ޢިލްމީ އެކިއެކި ދާއިރާތަކުގެ ޚަބަރާއި ލިޔުން ގެނެސްދެމުން އަންނަ މީހުންގެ މެދުގައި މަޤްބޫލު ނޫހެކެވެ. މިއައު ބަދަލާއި އެކު، ކިޔުންތެރީންނަށް ނޫހުގެ ޚަބަރުތަކާއި ލިޔުންތައް ކުރިއަށްވުރެ ހަރުދަނާކޮށް ގެނެސްދިނުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެވިގެންދާނެއެވެ. އަދި އަޅުގަނޑުމެންގެ އަމާޒަކީ އެންމެ ސައްޙަ ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

އެޓޯލްނިއުސްގެ މިއައު ފެށުމާއިއެކު އެޓޯލްނިއުސްގެ ޓީމަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ. އަދި ޓީމުގެ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ނިހާޔަތަށް ޝުކުރު އަދާކުރަމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.