ބަންގްލަދޭޝްގެ ހައި ކޮމިޝަނަރު، ވަޒީރު ހީނާ ވަލީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު، ޑރ. މުޙައްމަދު ނަޒްމުލް އިސްލާމް، މޭ މަހުގެ 21 ވަނަ ދުވަހު ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޚާއްޞަކޮށް ފަންނާއި، ސަގާފަތާއި ތަރިކައިގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމާއި، މި ދާއިރާތަކުން މަޢުލޫމާތާއި ތަޖުރިބާ ބަދަލުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމާއި ފަންނީ ދާއިރާ ކުރިއެރުވުމަށް ބަންގްލަދޭޝްގެ އެހީތެރިކަން ހޯދިދާނެ ގޮތްތަކާ މެދުވެސް މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ވަޒީރު ހީނާ ވަލީދާއި ހައި ކޮމިޝަނަރު ވަނީ މި މުހިންމު ދާއިރާތަކުން ދެމެހެއްޓެނިވި ތަރައްޤީ ހޯދުމަށްޓަކައި، ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވިދާނެ ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އިންސާނީ ވަސީލަތް ބިނާކުރުމާއި، މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުން ނިންމަވާލެއްވީ ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ކުރިއަށް އޮތް ތަނުގައިވެސް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.