
ޤަލަމް ސްޕޯޓްސް އެކަޑަމީން އިންތިޒާމުކޮށްގެން ބާއްވާ ”ހަނދު ރުންބާ ޗެލެންޖް 2026“ އދ. ދަނގެތީގައި ބުދަ ދުވަހު ރަސްމީކޮށް ފަށައިފި އެވެ. މި ފުޓްސަލް މުބާރާތުގައި ޖުމްލަ ހަ ޓީމަކުން 55 ކުޅުންތެރިން ބައިވެރިވެފައިވެ އެވެ. މިއީ ޤަލަމް ސްޕޯޓްސް އެކަޑަމީން އިންތިޒާމުކުރާ ފުރަތަމަ ފުޓްސަލް މުބާރާތެވެ. މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ދަނގެތީ ސްކޫލުގައި ތައުލީމު ހާސިލުކުރަމުންދާ އުމުރުން 8 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންގެ މެދުގައި ފުޓްބޯޅައަށް އޮތް ލޯބި އިތުރުކޮށް އެކުދިންގެ ހުނަރު ދައްކާލުމަށް ފުރުސަތު ހޯދައިދިނުމެވެ. އަދި ވާދަވެރި ކުޅިވަރުގެ މާހައުލެއްގައި ތަޖުރިބާ ހޯދައިދިނުމަކީވެސް މި މުބާރާތުގެ ބޭނުމެކެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ”އެލީޓް އެފްސީ“ އާއި ”ކޮމިމޯސް“ ބައްދަލުކޮށް 1-3 އިން މެޗު ކާމިޔާބުކުރީ އެލީޓް އެފްސީ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެލީޓް އެފްސީގެ އަޙްމަދު އަލްޔާން އަރީފް ޔޫސުފެވެ. މުބާރާތުގެ ދެވަނަ…
އިތުރަށް ކިޔާލާ






ގައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ހުރަސްއަޅާތީ އެ ޤައުމާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އިނގިރޭސިވިލާތުގެ 50 އަށްވުރެ…
އިތުރަށް ވިދާޅުވޭ »




ރަސްމާލެ ސަރަހައްދުގައި ’މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ‘ ގެ ނަމުގައި 20 ބިލިއަން އެމެރިކާ ޑޮލަރު ގެ ބިޔަ މަޝްރޫއެއް ހިންގުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މަޝްހޫރު އީގަލް…
އިތުރަށް ވިދާޅުވޭ »




ހަމްދަރުދީވުމުގެ ވިސްނުމާ އަޅުގަނޑުމެން މިވަނީ ކިތަންމެހާވެސް ދުރުގައެވެ. އަދި އެކަން އަމަލުން ދެއްކުން އޮތީ މާ ދުރުގައެވެ. ބައެއް ފަހަރު…
އިތުރަށް ވިދާޅުވޭ »





