ބްރިޖިންގ ޓޫރިޒަމް ޑެސްޓިނޭޝަންސް ކޮންފަރެންސްގައި ހުޅުމާލޭގެ އަރބަން އައިލްގެ ފުރުސަތުތައް ދައްކާލައިފި

ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ޓޫރިޒަމް މިނިސްޓްރީ އާއި، ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތްކުރާ ވަފުދެއް ވަނީ ބްރިޖިންގ ޓޫރިޒަމް ޑެސްޓިނޭޝަންސްގެ ނަމުގައި ބާއްވާ އިންޓަނޭޝަނަލް ކޮންފަރެންސްގައި މި އަހަރު ބައިވެރިވެފައެވެ. އެގޮތުން މި މަހުގެ 11 އަދި 12 ވަނަ ދުވަހު ބޭއްވި މި ކޮންފަރެންސް ކުރިއަށްގެންގޮސްފައި ވަނީ މޮންޓެގްރޯގެ ބުޑްވާގައެވެ. މި ކޮންފަރެންސަކީ މޮންޓެގްރޯގެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް އެން ޓުރިޒަމްއާއި، ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީ އާއި ގުޅިގެންނެވެ.

isle4 jpg
އެޗް ޑީސީ އާރބަން އައިލސް ޕްރޮޖެކްޓް. ފޮޓޯ: އެޗެ ޑީ ސީ

މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ވަފުދުގަ، އަރބަންކޯގެ ފަރާތުން މި ކުންފުނީގެ ޗީފް ހޮސްޕިޓާލިޓީ އޮފިސަރ އިބްރާހިމް އިނާޒް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އަރބަންކޯއިން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ އަރބަން އައިލްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރުވެގެންދާ ފުރުސަތުތަކާއި، ލިބިގެންދާނެ ފައިދާތަކާ ގުޅޭގޮތުން މި ކޮންފަރެންސްގައި މައުލޫމާތު ހިއްސާކުރެއްވިއެވެ.

އިޝްތިހާރު Below Header ad

isle hulhumale jpg

އިންޓަރގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓް އާބަން އައިލް، އަކީ ހުޅުމާލޭގެ އެއްމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ހާއްސަ ކުރެވިފައިވާ ރަށެކެވެ. ހުޅުމާލެއާއި އަދި ރާއްޖޭގެ އިގުތިސާދީ މައި ހަބާ އާބަން އައިލް ގުޅިފައި ވުމުން މި ތަނުގެ ފަތުރުވެރި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެއެވެ.

ގާތްގަނޑަކަށް 23 ހެކްޓަރުގެ މި ރަށުގައި ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ  އެކޮމޮޑޭޝަން ފެސިލިޓީތަށް ހިމެނޭނެއެވެ. މިގޮތުން ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އިތުރުން، ކުރުމުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮން މަޑުކުރާ ފަތުރުވެރިންނަށާއި، ވިޔަފާރި ކަންކަމު އަންނަ ފަތުރުވެރިން، އަދި، ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ބޭނުންވާ ފަދަ އެކޮމޮޑެޝަންތައް ހިމެނެއެވެ. މީގެ ތެރޭގައި ލަގްޒަރީ ވިލާ، ސާވިސް އެޕާޓްމަންޓް، ސިޓީ ހޮޓެލް، މިޑްސްކޭލް އަދި އަޕްސްކޭލް ހޮޓެލް އާއި ގެސްޓް ހައުސްތަކުގެ އިތުރުން ބްރޭންޑަޑް ރީޓެއިލް އަދި މަތީ ފަންތިއެއްގެ ރެސްޓޯރަންޓްތައް ވެސް ހުންނާނެއެވެ.

isle hulhumale.jpg 2 jpg
އެޗް ޑީސީ އާރބަން އައިލސް ޕްރޮޖެކްޓް. ފޮޓޯ: އެޗެ ޑީ ސީ

މިފަދަ ގިނަ ޑިވަލޮޕްމަޏްޓުތަކެއް ހިމެނިފައި ވުމުން، އާބަން އައިލް ވެގެންދާނީ ދިވެހި އަދި ބޭރުގެ ވިޔަފާރިވެރިންނަށްވެސް އިންވެސްޓު ކުރަން ރަނުގެ ފުރުސަތަކަށެވެ. ވެލާނާ އިންޓަރނޭޝަލަން އެއާޕޯޓު، ހުޅުމާލެ، އަދި މާލެއާއި އާބަން އައިލް ގުޅިފައި ވުމުގެ އިތުރުން، މިތަނުގައި ގާއިމުކޮށްފައިވާ އަދި ކުރަމުންދާ އިންފްރާސްޓްރަކްޗަރ ގެ ސަބަބުން މިތަނުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ގިނަގުނަ މަންފާ ލިބިގެންދާނެއެވެ. އާބަން އައިލްގައި ހިމެނޭ ޔޫޓިލިޓީ ނެޓްވޯކް، އޯޕަން އެކްސެސް ނެޓުވޯކަކާއެކުވާ ސްމާޓް އިންފްރާސްޓްރަކްޗަރއެއް، މި ކުންފުނިން މިވަގުތު ގާއިމު ކުރަމުންދާއިރު، ވަރަށް ބޮޑަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް މުޅި ޕްރޮޖެކްޓު ތަރައްގީ ކުރުމަށް ކުންފުނިން އިސްކަންދެއެވެ. އަދި އިންވެސްޓަރުންނަށް ލީސް މޮޑެލް، އަދި ޖޮއިންޓް-ވެންޗަރ މޮޑެލްގެ އިތުރުން އެހެނިހެން މޮޑެލް ތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނެހެން ވަރަށް ލުއި ގޮތްތަކެއް މި ކުންފުނިން ވަނީ ރާވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.