ޢިމާރާތްކުރުމުގެ މަޢުލޫމާތު ހޯދަން ވަންނަންވީ ގޫގަލް އަކަށް ނޫން އުވަދޯންޏަށް

މިއީ ދިވެހިން ހަދާފައިވާ ދިވެހިންނަށް ބޭނުންވާ ޢަދަދު ނުކުރެވޭ ވަރު ގިނަ މަޢުލޫމާތު އޮތް ހުވަދޯންޏެކެވެ.

ޢިމާރާތް ކުރުމާއި ބޭނުންވާ ތަކެތީގެ މަޢުލޫމާތާއި އެއްޗިހީގެ ކޮލެޓިއާއި ބަލަން ޖެހޭ މިންގަނޑުގެ އިތުރުން ޤާނޫނީ އެކު އެކު މަޢުލޫމާތުވެސް މި ސައިޓްގައި ހުރެއެވެ.

އިޝްތިހާރު Below Header ad

މި އުވަދޯންޏަކީ އިމާރާތް ކުރުމުގެ މައުލޫމާތު ފޯރުކޮށް ދިނުމުގެ ގޮތުން އުފައްދާފައިވާ ވެބްސައިޓެކެވެ.

 

މިސައިޓުގެ ޚާއްސަ ކަމަކީ ދިވެހިބަހުން މައުލޫމާތު ފޯރުކޮށް ދިނުމަށް މަސައްކަތް ކުރުމާއި، މި ވެބްސައިޓުގައިވާ ލިއުންތައް ކިއުއްވުމަށްފަހު ކިއުއްވި ފަރާތުން އިތުރުކުރަން ބޭނުންވާ މައުލޫމާތު ކޮމެންޓުގެ ސިފައިގާ ފޯރުކޮށް ދެވޭނެގޮތަށް ހަމަޖެހިފައި އޮތުމެވެ. އަދި އެފަދަ ކޮމެންޓު ކުރުމުގައި ރަޖިސްޓްރީނުވެ ކޮމެންޓު ކުރެވުމެވެ.

“އުވަދޯނި” އެއީ ދިވެހިރާއްޖޭގައި އެންމެ ކުރީ ޒަމާނުއްސުރެ އިމާރާތް ކުރަން ފަށާއިރު ސިމެންތި ގަށަން ގެންގުޅުނު އެއްޗެކެވެ. އިމާރާތްކުރުމާ ގުޅޭގޮތުން އެހީވުމަށް ލިއާއިރު އެކަމާ ގުޅުންހުރި ނަމެއް ކިއުމުގެ ގޮތުން  މިސައިޓުގެ ނަމަކަށް “އުވަދޯނި” ކިޔަން ނިންމީއެވެ. ރަޖިސްޓްރީ ކުރެވިފައިވާ ނަމަކީ “އީ އުވަދޯނި” ނުވަތަ އިލެކްޓްރޯނިކް އުވަދޯނި މިހެންނެވެ.

އީ އުވަދޯންޏަކީ ސިވެންޖު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހިންގާ ޚަރަކާތެކެވެ. ސިވެންޖު ޕްރައިވެޓް ލިމިޓެޑް އަކީ ދިވެހިރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތުގައި 2006 ވަނައަހަރުން ފެށިގެން އިމާރާތްތަކުގެ ސްޓްރަކްޗަރު ނުވަތަ އޮނިގަނޑު ފަރުމާކުރުމާއި، އިމާރާތް ކުރަމުންދާ ތަންތަން ބަލަހައްޓައި، އިމާރާތްކުރުމުގައި ފެންވަރު ރަނގަޅަށް އިމާރާތްކުރުމަށް ލަފާ ދިނުމުގައި ހަރަކާތްތެރިވާ އިންޖިނޭރިންގ ކުންފުންޏެކެވެ.

ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ މާހައުލުގައިވެސް ވަރަށް ތަޖުރިބާހުރި ގިނަ ކުންފުނިތައް އެބަހުއްޓެވެ. އަދި އެކުންފުނި ތަކުގައި މޮޅު ތަޖުރިބާހުރި ފަންނާނުންވެސް ހަރަކާތްތެރިވަމުން ދެއެވެ. ދިވެހިރާއްޖޭގެ ފަންނާނުންގެ ތެރެއިން ހުނަރު ހުރި ކިތަންމެ މީހެއް ބޭރުގެ ގައުމުތަކުގައި ޚިދުމަތްދެމުން ގެންދެއެވެ. އެފަރާތް ފަރާތުން ތަޖުރިބާ ކޮށްފައިވާ ބައެއް މަޝްރޫއުތަކުގެ މައުލޫމާތުވެސް މި ވެބްސައިޓު މެދުވެރިކޮށް ގެނެސްދެވޭތޯ ބަލާނަމެވެ.

ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ހިންގާ ގިނަ މަޝްރޫއުތަކުގެ ގިނަ މައުލޫމާތު ހުންނަނީ އެ މަޝްރޫއުތަކުގައި ސީދާ ބައިވެރިވި ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކާ ހަމައަށް ނުފޯރައެވެ. ވަރަށް ޚާއްސަ މަޝްރޫއުތައްވެސް ހުރެއެވެ. އެފަދަ މަޝްރޫއުތަކުގެ މައުލޫމާތުވެސް ލިބުނުވަރަކުން މިސައިޓުގައި ލިއަމުން ގެންދާނަމެވެ.

އިމާރާތްކުރުމާގުޅޭ މައުލޫމާތު ދިވެހިބަހުން ލިއެފައިހުރި ލިއުންތައް މަދުކަމަށް ފާހަގަކުރެވެ. މިސައިޓުގެ މަގްސަދަކީ އެފަދަ ލިއުންތައް އިތުރުކޮށް ދިވެހިބަހުން މައުލޫމާތު ގެނެސްދީ ދިވެހިބަހަށާއި އިމާރާތްކުރުމުގެ މަސައްކަތަށް މީހުންއަހުލުވެރި ކުރުމެވެ. އުންމީދުކުރަނީ ތިޔަ ހުރިހާފަރާތްތަކުގެ އެއްބާރުލުން މިކަމުގައި ލިބި އިމާރާތްކުރުމުގެ ވީހާވެސް ގިނަ މައުލޫމާތު ގެނެސްދިނުމެވެ. މިހާރު ލިއެފައިވާ ބައިތަކާއި ސުރުހީތަކުގެ އިތުރުން މިސައިޓުގައި ލިއުމަށް މުހިއްމު ބައެއް ތިޔަފަރާތަށް ފާހަގަ ކުރެވިއްޖެނަމަ އަޅުގަނޑުމެން އެދެނީ އެކަން އަޅުގަނޑުމެންނާ ހަމައަށް އަންގަވާލަ ދެއްވުމެވެ.

މިސައިޓުގައި ހުންނަ ލިއުންތައް

މިވެބްސައިޓުގައި ހުންނަ މައުލޫމާތަކީ އެކި އެކި ފަރާތް ފަރާތުންނާއި، އެކިއެކި ފޮތްތަކުންނާއި، އަދި ސައިޓުތަކުން ބަލައިގެން ލިއެފައި ހުންނަ މައުލޫމާތެވެ. މިސައިޓުގައި މައުލޫމާތު ގެނެއްދިނުމުގައި އެންމެ ފުރިހަމަ މައުލޫމާތު ގެނެސްދެވޭތޯ ވަރަށް މަސައްކަތް ކުރަމެވެ. އެހެން ނަމަވެސް ގެނެސްދެވިފައިވާ މައުލޫމާތުގައި ކުށެއް ހުރެދާނެއެވެ. އަދި ކުށެއް ނެތްކަމުގައި ވީނަމަވެސް، މިސައިޓުގައިވާ މައުލޫމާތު އެއްވެސް ކަމަކަށް ބޭނުންކުރުމުގެ އެންމެ ރަނގަޅު ގޮތަކީ އެކަމުގެ އިލްމުވެރިއެއްގެ މަޝްވަރާގެ މަތިން ބޭނުން ކުރުމެވެ.

މި ވެބްސައިޓުގައި ލިއެފައިވާ ލިއުންތަކަށް ކޮމެންޓު ކުރުމުގައި ވަކި ރަޖިސްޓްރީވުމެއް ނެތި ކޮމެންޓު ކުރެވޭގޮތަށް ބާއްވާފައި ވަނީ ކޮމެންޓު ކުރުމުގެ ފުރުސަތު ބޮޑު ކުރުމަށެވެ. އެހެން ނަމަވެސް އެއްވެސް ފަރާތަކުން ކުރާ ކޮމެންޓަކީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދަށް ފުށޫއަރާ އާންމު މަސްލަހަތު ނަގާލާއެއްޗަކަށް ވެގެން ނުވާނެއެވެ.

މިސައިޓުގައި ހުންނަ ތަކެތީގެ އަގުތަކާއި ތަފްސީލު

މިވެބްސައިޓުގައި އިމާރާތްކުރުމާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދޭއިރު، އިމާރާތްކުރުމުގައި ބޭނުންކުރާ ތަކެތީގެ އަގާއި، މަސައްކަތުގެ އަގާއި، އަދި ކުއްޔަށް ހިފަންބޭނުންވާ ބައެއް ހަތިޔާރާއި މެޝިނުފަދަ ތަކެތީގެ އަގުތައް ގެނެސްދިނުމަކީ މުހިއްމު ކަމެއްކަމަށް އަޅުގަނޑުމެން ދެކެމެވެ. އެފަދަ މައުލޫމާތު ހޯދަނީ ފިހާރަފިހާރައަށް ގޮސްގެންނާއި، އޮންލައިންކޮށް އިންޓަރނެޓު މެދުވެރި ކޮށެވެ. ފިހާރައަށްގޮސް ތަކެތީގެ އަގު ބެލުމަށްފަހު އެތަކެތީގެ އަގާއެކު މިސައިޓަށް ލާފާއިހުންނަ ފޮޓޯއަކީ އަޅުގަނޑުމެން ނަގާފޮޓޯއެވެ. އެހެން ނަމަވެސް އޮންލައިންކޮށް އެއްޗެތި ވިއްކާ ފިހާރައަކުން އަޅުގަނޑުމެން ބަލާއަގު މިސައިޓަށް ލުމުގައި ބޭނުންކުރަނީ އެ ވިއްކާ ފަރާތުގެ ސީދާ މައުލޫމާތު، އަގާއި، ފޮޓޯ އާއި، އަދި އެހެނިހެން މައުލޫމާތުވެސް އެއްވެސް އުނިކަމެއް ނުގެނެސް މިސައިޓު މެދުވެރިކޮށް ކިއުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ. އިމާރާތުގެ އަންދާސީ ހިސާބު ހެދުމަށް މަސައްކަތްކުރާ ފަރާތްތަކަށް ތަކެތީގެ އަގު ލިބުމަކީ އެކަން ކުރުމަށް އިތުރު އެހީއެކެވެ.

އިމާރާތްކުރުމުގެ ގާނޫނާއި ގަވާއިދުތައް

އިމާރާތްކުރުމުގެ ގާނޫނަކާއި އަދި އެގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކެއްވެސް މިހާރު ދިވެހިރާއްޖޭގައި އޮވެއެވެ. ބިމާ ބެހޭ ގާނޫނާއި، ޕްލޭންކުރުމުގެ ގާނޫނާއި، އަދި އެ ގާނޫނުތަކުގެ ދަށުން ހަދާފައި ހުރިގަވާއިދު ތަކާއި، އިމާރާތްކުރުމާ ސީދާ ގުޅުންހުރި އެެހެނިހެން ގާނޫނުތަކާއި ގަވާއިދުތައް އެއް ސަފްހާއަކު ފޯރުކޮށްދިނުމަކީވެސް މިސައިޓުގެ މަގްސަދެކެވެ. މި ސައިޓުގައި އެވަނީ އަޅުގަނޑު މެންނަށް ފެންނަން ހުރި ގަވާއިދު ތަކެވެ. އިތުރު ގަވާއިދުތައްވެސް ހުރެދާނެއެވެ.

މިސައިޓުގައި ބެހޭގޮތުން މައުލޫމާތު ހޯދަން ބޭނުންވާ ނަމަ

މިސައިޓާ ބެހޭގޮތުން މައުލޫމާތު ހޯދަން ބޭނުންނަމަ [email protected] އަށް އީމެއިލް ކުރާށެވެ. އަދި މިސައިޓުގައި އެއްޗެއް ޝާއިއުކުރަން ބޭނުން ނަމަވެސް އެ އީމެއިލް އެޑްރެސް މެދުވެރިކޮށް އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދިނުމުން އެކަން ހަމަޖެހޭނެއެވެ. އިމާރާތްކުރުމާ ގުޅޭ ގިނަ ފަރާތް ތަކެއްގެ މައުލޫމާތު މިސައިޓުން ލިބެންހުރުމަކީ މި ވެބްސައިޓަށް ލިބޭ އިތުރު ފުރިހަމަ ކަމެކެވެ. ޝާއިޢުކުރަނީ ވަކި ފަރާތަކުން ވިއްކާ އެއްޗެއް ކަމުގައި ވިޔަސް ތަފްސީލު ލިއުމެއްގެ ގޮތުގައި މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ޝާއިއުކުރާނަމަ އެއްވެސް ފީއަކާ ނުލާ މި ސައިޓުގައި ޝާއިއުކުރެވޭނެއެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.