މިދިޔަ އޭޕްރީލް މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބުނު އާމްދަނީ ދަށަށް

މިދިޔަ އޭޕްރީލް މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބުނު އާމްދަނީ ދަށްވެއްޖެއެވެ.
ކަސްޓަމްސް އިން ބުނެފައިވަނީ އޭޕްރީލް މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު ސީއައިއެފް އަގު 2022 ވަނަ އަހަރުގެ އޭޕްރީލް މަހާއި އަޅާބަލާއިރު 4 އިންސައްތަ ވަނީ ދަށްވެފައިވާކަމަށެވެ. އަދި އޭޕްރީލް މަހު ދިވެހިރާއްޖެއަށް 4.7 ބިލިއަން ރުފިޔާގެ މުދާ އިންޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޭޕްރީލް މަހު މި އަދަދު ވަނީ 4.5 ބިލިއަން ރުފިޔާ އަށް ދަށްވެފައެވެ.
މީގެ އިތުރުން ފާއިތުވި އޭޕްރީލް މަހު ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހާއި އަޅާބަލާއިރު 16 އިންސައްތަ ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު 361 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޭޕްރީލް މަހު މި އަދަދުވަނީ 305 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.
ކަސްޓަމްސް އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އިންޑިއާ، އޮމާން، ޔޫއޭއީ، ޗައިނާ އަދި ސިންގަޕޯއެވެ. އިންޑިއާ އިން 757 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާން އިން 707 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެ އިތުރުން ޔޫއޭއީ އިން 573 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ޗައިނާ އިން 520 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ސިންގަޕޯރ އިން ވަނީ 467 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު އެތެރެކޮށްފައެވެ.
ކަސްޓަމްސް އިންވަނީ އަގުގެގޮތުން އެންމެ ގިނައިން އެކްސްޕޯޓް ކުރި 5 ގައުމު ވެސް އާންމު ކޮށްފައެވެ. އެ ގޮތުން ތައިލޭންޑް އަށް 45 ޕަސަންޓް، އިނގިރޭސި ވިލާތައް 18 ޕަސަންޓް، ޖަރުމަނު ވިލާތައް 11 ޕަސަންޓް އެކްސްޕޯޓް ކޮށްފައިވާއިރު މޮރިޝަސް އަށް 6 ޕަސަންޓް މުދާ އެކްސްޕޯޓް ކޮށްފައިވާއިރު، އިންޑިއާ އަށް ވަނީ 5 ޕަސަންޓް މުދާ އެކްސްޕޯޓް ކޮށްފައެވެ.
މީގެ އިތުރުން ކަސްޓަމްސް އިން ވަނީ މިދިޔަ މަހު ރާއްޖެއަށް ޕްރޮސެސް ކުރެވުނު ޑިކްލަރޭޝަން އަދި ކްލިއަރެންސް ދެވިފައިވާ އުޅަނދުފަހަރުތަކުގެ ތަފާސް ހިސާބު އާންމު ކޮށްފައެވެ. އެ ގޮތުން ޕްރޮސެސްކުރެވުނު ޑިކްލަރޭޝަންގެ އަދަދަކީ ވިހިހާސް ފަންސާސް އަށް ރުފިޔާއެވެ. މިދިޔަ އަހަރު އޭޕްރީލް މަހު މިއަދަދު ވަނީ އަށާރަ ހާސް އަށްސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ ގައެވެ.
ރާއްޖެއިން ބޭރުން، މިދިޔަ އޭޕްރީލް މަހު ރާއްޖެ އަސްފައިވަނީ 3 އުޅަނދެވެ. އަދި 2022 ވަނަ އަހަރުގެ އޭޕްރީލް މަހު 6 އުޅަނދު ރާއްޖެ އައިސްފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުންދައްކައެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.