މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ފަރާތުން ސްޓްރީޓް ސޮކަރ މުބާރާތެއް ބާއްވައިފި

ހައި ކޮމިޝަނާރސް ކަޕް ގެ ދަށުން ’ސްޓްރީޓް ސޮކަރ‘ ގެ ނަމުގައި 1 ދުވަހުގެ މުބާރާތެއް 16 މެއި 2026 ވަނަ ދުވަހު މެލޭޝިޔާގެ ވެރިރަށް ކުއާލަލަންޕޫރުގައި ބޭއްވުނެވެ.

’ހައިކޮމިޝަނާރސް ކަޕް‘ އަކީ މެލެޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ދަށުން ޤާއިމް ކުރެވިފައިވާ މޯލްޑިވްސް ސެންޓަރގެ ފަރާތުން އިސްނަގައިގެން 2025 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުންއަންނަ ކުޅިވަރު މުބާރާތެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިސިލްސިލާގެ ދަށުން ބޭއްވުނު ފުރަތަމަ މުބާރާތް ކަމުގައިވާ ’ބެޑްމިންޓަން އެޑިޝަން‘ ބޭއްވިފައިވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައެވެ. ސްޓްރީޓް ސޮކަރ މުބާރާތަކީ ’ހައިކޮމިޝަނާސް ކަޕް‘ ގެ ދަށުން މިއަހަރު ބޭއްވޭ ފުރަތަމަ މުބާރާތެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ސިލްސިލާގެ ދަށުން ތަފާތު ކުޅިވަރު މުބާރާތްތައް މެލޭޝިޔާގައި ބޭއްވުމަށް ވަނީ ރޭވިފަ އެވެ.

16 މެއި 2026 ގައި ބޭއްވުނު ސްޓްރީޓް ސޮކަރ މުބާރާތުގައި މެލޭޝިޔާގައި ދިރިއުޅޭ ފަރާތްތަކާއި ގިނަ އަދަދެއްގެ ކިޔަވާކުދީން ބައިވެރިވެފައިވެއެވެ. މި މުބާރާތުގައި 9 ޓީމުން މުޅިޖުމްލަ 40 މެޗް ކުޅެފައިވެ އެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު، ޑރ. މަރިޔަމް ޝަބީނާ އަހުމަދު ވިދާޅުވިގޮތުގައި، ކުޅިވަރަކީ އެކަކު އަނެކަކަށް އެހީތެރިވުމާއި، ގުޅުން ބަދަހިކޮށް، އެކުވެރިކަން ދަމަހައްޓަން ލިބޭ ރަނގަޅު ފުރުސަތެކެވެ.

މިފަދަ މުބާރާތްތަކުގެ ތެރެއިން މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކޮމިއުނިޓީ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެކަކު އަނެކަކަށް އަޅާލާ މުޖުތަމައެއް އުފެދިގެން ދިއުމަކީ އެކަމަނާގެ ވަރަށް ބޮޑު އުންމީދެއްކަމުގައެވެ. މީގެ އިތުރުން، ކުޅިވަރުގެ މައިދާނުގައިވެސް ދިވެހިރާއްޖެ ތަމްސީލްކޮށް ދިވެހިންގެ ރީތި އާދަކާދަ ދެމަހައްޓުމުގެ މުހިންމު ކަމުގެ މައްޗައް ސަފީރު އަލިއަޅުވާލެއްވި އެވެ.

މި މުބާރާތް ބޭއްވުމުގައި ދިވެހި ރާއްޖޭގެ މިނިސްޓްރީ އޮފް ޔޫތް އެމްޕަވަމެންޓް ސްޕޯޓްސް އެންޑް ފިޓްނަސް ގެ ފަރާތުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެއްވައިފައިވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ހެޔޮއެދޭ ބައެއް ފަރާތްތަކުން މި މުބާރާތް ބޭއްވުމުގައި ހައިކޮމިޝަނަށް އެހީވެފައިވެއެވެ. އަދި މެލޭޝިޔާގެ ސަންވޭ މެޑިކަލް ސެންޓަރ ގެ ފާރާތުން މުބާރާތް ހިނގަމުންދިޔަ ވަގުތު ޕެރަމެޑިކްސް އަދި މެޑިކަލް އެމްބިއުލެންސް އެއްގެ އިންތިޒާމް ހަމަޖައްސަވައިދެއްވާފައި ވެއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާއި އިނާމް ދެއްވީ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދެވެ. އަދި މުބާރާތުގެ އެހެނިހެން ވަނަތަކަށް ދިޔަ ފަރާތްތަކަށް ތައްޓާއި އިނާމް ދެއްވީ ހައިކޮމިޝަނުގެ މުވައްޒަފުންނެވެ.

މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކޮމިއުނިޓީގެ ވަރަށް ހޫނު ތަރުހީބެއް މި މުބާރާތައް ލިބުނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.