
އެމް.އެލް.އެސް.ޑީ.ޕީ އަދި ދަ ޑިމޮކްރެޓްސް އުވާލައިފި
މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމް.އެލް.އެސް.ޑީ.ޕީ) އަދި ދަ ޑިމޮކްރެޓްސް އުވާލައި އެ ޕާޓީތައް ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންއިން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ”ނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3000 މެންބަރުން ހަމަވެފައިނުވާތީ، މިއަދުން ފެށިގެން މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމް.އެލް.އެސް.ޑީ.ޕީ) އަދި ދަ ޑިމޮކްރެޓްސް އުވާލައި އެ ޕާޓީތައް ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރުމަށް ކޮމިޝަނުން ނިންމައިފި.“ ކަމަށެވެ.
މި ދެޕާޓީގެ ތެރެއިން މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (ލޭބަރ ޕާޓީ) އުފައްދާފައި ވަނީ21 ޖަނަވަރީ2019 ވަނަ އަހަރު އެވެ. ނަމަވެސް ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނުގައި ލާޒިމްކުރާ ޢަދަދަށް މެމްބަރުން ހަމަނުވުމުން1 ޖުލައި2022 ގައި މިޕާޓީ ވަނީ އުވާލާފަ އެވެ.
ޕާޓީ އަލުން ވުޖޫދަށް އައިސްފައިވަނީ2025 ނޮވެމްބަރުގައި ޕާޓީ އުވާލި މައްސަލަ ކޯޓަށް ހުށަހަޅައި، ޕާޓީ އުވާލާފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ކޯޓުން ނިންމުމުންނެވެ.
ދަ ޑިމޮކްރެޓްސް އުފައްދާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއެކު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީއިން ވަކިވި ބައެއް މެމްބަރުންނާއެކު2023 ގައެވެ.



