ދުންފަތުގެ ވަބާއިން އަންނަން އޮތް ޖީލުތައް ރައްކާތެރިކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި

ދުންފަތުގެ ވަބާއިން އަންނަން އޮތް ޖީލުތައް ރައްކާތެރިކުރުމަށް ގުޅިގެން މަސައްކަތްކުރުމަށާއި، ދުންފަތުން ސަލާމަތްވެފައިވާ ދުޅަހެޔޮ،  ޤައުމެއް ބިނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން އިލްތިމާސް ކުރެއްވީ ވޯލްޑް ނޯ ޓޮބޭކޯ ޑޭގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި މެސެޖެއްގައެވެ.

މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުންފަތާއި، ދުންފަތުގެ ސަބަބުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކުގެ އިތުރުން، އޭގެ ސަބަބުން ކުރިމަތިކުރުވާ އިޖްތިމާޢީ އަދި އިގްތިޞާދީ މައްސަލަތަކަކީ، ޢާންމު ޞިއްޙަތަށާއި ޤައުމުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކެއް ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި، ދުންފަތުގެ ވަބާއިން ރައްޔިތުން ރައްކާތެރިކުރުމަށާއި، ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެތަކެތި ޒުވާނުންނަށް މާކެޓްކުރުމަށް ބޭނުންކުރާ އުކުޅުތަކާއި ދެކޮޅަށް ސަރުކާރުތަކުން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނުގެ މެސެޖުގައި އަލިއަޅުއްވާލައްވާފައިވެއެވެ.

ވޯލްޑް ނޯ ޓޮބޭކޯ ޑޭގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުންފަތާއި ދުންފަތުގެ ބާވަތްތައް ކޮންޓްރޯލްކުރުމުގައި ސަރުކާރުން ހަރުދަނާ ގިނަ ފިޔަވަޅުތަކެއް ތަންފީޒުކޮށްފައިވާކަމަށެވެ. އެގޮތުން، އީ-ސިގިރޭޓު މަނާކުރުމާއި، ޓޮބޭކޯ-ފްރީ ޖެނެރޭޝަނަލް ބޭނެއް 2025ގައި ތަންފީޒުކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ”ޓޮބޭކޯ-ފްރީ ދިވެހިރާއްޖެ“ އެއް ޤާއިމްކުރުމަށް، ޓޮބޭކޯ ސެސޭޝަން ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން، ޤާނޫނުތައް އިތުރަށް ފުޅާކުރެވިފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފްލޭވަރޑް ނިކޮޓީން ޕައުޗާއި އޭއައި ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުން މިހާރު ފުޅާވެފައިވާކަމަށް ވިދާޅުވެ، މިކަންކަމަށް އިތުރަށް ސަމާލުވެ، އެކަމާއި ދެކޮޅަށް މަސައްކަތްކުރުމަށް ގޮވާލައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، ދުންފަތް ކޮންޓްރޯލްކުރުމަށް އެކުލަވާލާފައިވާ ޤާނޫނުތަކާއި ޤަވާއިދުތައް އިތުރަށް ހަރުދަނާކުރުމާއި، ދުންފަތުން ނަގާ ޓެކުހާއި އޭގެ އަގު އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތްކުރާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ވޯލްޑް ނޯ ޓޮބޭކޯ ޑޭގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް، މީސްމީޑިއާގައި މެސެޖެއް ޙިއްސާ ކުރައްވާފައިވެއެވެ. އެކަމަނާގެ ޕޯސްޓްގައި، ދުންފަތުން ރައްކާތެރިވުމުގައި ތަޢުލީމާއި، ހޭލުންތެރިކުރުވުމުގެ ޕުރޮގުރާމުތަކާއި، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.