
ސްޕެނިޝްލަލީގާ ގައި އެޓްލެޓިކޯ މެޑްރިޑް އަށް އުނދަގޫ މޮޅެއް
ސްޕެނިޝް ލަލީގާ ގައި އެޓްލެޓިކޯ މެޑްރިޑް ވިޔެރިޔާލް އަތުން އުނދަގޫ މޮޅެއް ހޯދައިފިއެވެ.
މި މެޗު އެޓްލެޓިކޯ މެޑްރިޑް ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗު ގައި ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ އެޓްލެޓިކޯ އިންނެވެ.
މި ގޯލް އެ ޓީމަށް ކާމިޔާބު ކޮއްދިނީ 9 ވަނަ މިނެޓު ގައި ވިޓްސަލް އެވެ.
އެޓްލެޓިކޯ އިން މި ގޯލް ޖެހުމާ އެކު ވިޔަރިޔާލް ގެ ކުޅުން ވަރުގަދަ ކުރިނަމަވެސް ފުރަތަމަ ހާފު ނިންމާލަން ޖެހުނީ ގޯލެއް ކާމިޔާބު ނުކުރެވިޔެވެ.
ނަމަވެސް 2 ވަނަ ހާފު ފެށިގެން 5 ވަނަ މިނެޓުގެ ތެރޭގައި ގޯލެއް ޖަހާ ވިޔަރިޔާލުން ނަތީޖާ ހަމަހަމަ ކުރި އެވެ.
މި ގޯލު ވިޔަރިޔާލް އަށް ޖަހާ ދިނީ ސޯލޮޓް އެވެ.
މި ގޯލް އަށް ފަހުވެސް ވިޔަރިޔާލުން ދިޔައީ މޮޅަށް ކުޅެމުންނެވެ.
ނަމަވެސް އެ ޓީމަކަށް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.
ނަތީޖާ އަކަށް ވީ އެޓްލެޓިކޯ އިން އިތުރު ގޯލެއް ޖަހާ މެޗުގެ އޮއިވަރު އަނބުރާލުމެވެ.
މި ގޯލް އެޓްލެޓިކޯ އަށް ޖަހާދިނީ 88 ވަނަ މިނެޓު ގައި ސައުލް އެވެ.
މި މެޗުން ލިބުނު 3 ޕޮއިންޓާއި އެކު އެޓްލެޓިކޯ އޮތީ 58 ޕޮއިންޓު ހޯދައިގެން ތާވަލް ގެ 4 ވަނައިގައެވެ.
މި މެޗުން ބަލިވި ވިޔަރިޔާލް އޮތީ 38 ޕޮއިންޓާއި އެކު ތާވަލްގެ 10 ވަނައިގައެވެ.
ދެން އެޓްލެޓިކޯ މެޗެއް ކުޅޭނީ އަންނަ ހަފްތާ ގެ ބުދަ ދުވަހުގެ ރޭ ޗެންޕިއަންސް ލީގުގައި ޑޯޓުމަންޑ އާއި ދެކޮޅަށެވެ.