
ވެލިދޫ ސޮކަރކަޕް 2023 :ފައިނަލުގައި ވާދަކުރާނީ އައިލެންޑާރސް އެފްޓީ އާއި ލަފޯރޒާ
ވެލިދޫ ސޮކަރކަޕް 2023 ފައިނަލަށް އައިލެންޑާރސް އެފްޓީ އާއި ލަފޯރޒާ ދަތުރު ކޮށްފިއެވެ.
އައިލެންޑާރސް އެފްޓީ ފައިނަލަށް ދަތުރު ކުރީ ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗުން މޮލުވެ، 1 މެޗުން އެއްވަރުވެ 10 ޕޮއިޓާއެކު ތާވަލުގެ އެއްވަނައިގައި އޮވެގެންނެވެ. ލަފޯރޒާ ފައިނަލަށް ދަތުރު ކުރީ ކުޅުން ދެމެޗުން އެއްވަރުވެ އަނެއް ދެ މެޗުން މޮޅުވެގެންނެވެ. އެގޮތުން ލަފޯރޒާއަށް ލިބިފައިވަނީ 8 ޕޮއިންޓެވެ.
މުބާރާތުގެ ތިންވަނައަށް ގޮސްފައިވަނީ ރަދުން އެފްސީ އެވެ. ލިބުނު ޕޮއިންޓުގެ އަދަދަކީ 7 ޕޮއިންޓެވެ. ޕަވަރޕަފް ބޯއީޒް އޮތީ ތިން ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ. އައިކޮނިކްއަށް އެއްވެސް ޕޮއިންޓެއް ލިބިފައިނުވެއެވެ.
މި މުބާރާތަކީ މިނިވަން ދުވަހުގެ މުނާސަބަތުގައި ވެލިދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރ އަދި ވެލިދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މިމުބާރާތް މީގެ އަހަރުތަކެއް ކުރިން ކުޅުނު ނަމަވެސް އަލުން މިފެށީ މެދު ކެނޑުމަކަށްފަހުއެވެ. މިމުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.