އީ-ބުކް ލައިބްރަރީއެއް ހިމެނޭ އިސްލާމިކް މިނިސްޓްރީގެ އާ ވެބްސައިޓް އިފްތިތާހު ކުރަނީ
އީ-ބުކް ލައިބްރަރީއެއް ހިމެނޭ އިސްލާމިކް މިނިސްޓްރީގެ އާ ވެބްސައިޓް ޖުލައި 26 ގައި އިފްތިތާހު ކުރެވިގެންދާނެ ކަމަށް އިސްލާމިކު މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ އެކްސް ގައި ކުރި ޕޯސްޓެއްގަ އެވެ.
މިނިސްޓަރ ވިދާޅުވީ، މި ވެބްސައިޓްގައި އޮންލައިން ލައިބްރަރީއެއްވެސް ހުންނާނެ ކަމަށާއި، މި އޮންލައިން ލައިބްރަރީގައި ހުރި ފޮތްތައް ޑައުންލޯޑްކުރެވޭނެ ކަމަށެވެ.
”2008 ފެށިގެން މިހާތަނަށް މިނިސްޓްރީން ނެރެފައިވާ ހުރިހާ އިސްލާމިކް ރެފެރެންސް ފޮތްތައް ހުންނާނެ އިންޝާ ﷲ.“ މިނިސްޓަރ ވިދާޅުވި އެވެ.
އާ ވެބްސައިޓުގައި އިދާރީ ހުރިހައި މުއާމަލާތަކާ ގުޅޭ މައުލޫމާތާއި އުސޫލުތަކާއި ފޯމްތައް ވެސް ލިބެން ހުންނާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.