ވެލިދޫ ސޮކަރކަޕް 2023 ގެ ތަށި އައިލެންޑާރސް އެފްޓީ އުފުލާލައިފި

މިނިވަން ދުވަހުގެ މުނާސަބަތުގައި ވެލިދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރ އަދި ވެލިދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ވެލިދޫ ސޮކަރކަޕް 2023 ގެ ތަށި ލަފޯރޒާ ބަލިކޮށް އައިލެންޑާރސް އެފްޓީ އުފުލާލައިފިއެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅުނު ފޯރި ގަދަ ފައިނަލް މެޗު ފުރިހަމަ ވަގުތު ހަމަވިއިރުވެސް ދެޓީމުން ކުރެ އެއްޓީމަށްވެސް ލަނޑެއް ޖެހިފައި ނުވާތީ މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

އިޝްތިހާރު Below Header ad

ކޮންމެ ޓީމަކުން 5 ޕެނަލްޓީ ޖެހިއިރު ލަފޯޒާ ޖެހި އެއް ޕެނެލްޓީ ދިޔައީ ބޭރަށެވެ. މިއާއެކު އައިލެންޑާރސް އެފްޓީ 5 ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމުން މުބާރާތުގެ ތަށި އުފުލާލިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ އައިލެންޑާރސް އެފްޓީ ގެ ޖޯޒީ ނަންބަރު 12 އަލީ އާމިލް އެވެ.

ފައިނަލް މެޗު ނިމުމާއެކު މުބާރާތަށް އެހީތެރިވި ފަރާތްތަކަށާއި މުބާރާތުގެ ވަނަތަކަށް އައި ފަރާތްތައް އިއުލާނުކޮށް އެފަރާތްތަކަށް ހަނދަނީ ލިޔުމާއި ޓުރޮފީ ހަވާލު ކޮށްފައިވެއެވެ.

މުބާރާތުގެ ވަނަތައް

ބެސްޓް 7 ޕުލޭޔާސް
* ލަފޯޒާ ޖޯޒީ ނަންބަރު 50 އަލީ އަހުސަން
* ލަފޯޒާ ޖޯޒީ ނަންބަރު 8 މުހައްމަދު އަލިފުޅު
* ލަފޯޒާ ޖޯޒީ ނަންބަރު 22 މުހައްމަދު އީތަން އިސްމާއިލް
* ޕަވަރޕަފް ބޯއީޒް ޖޯޒީ ނަންބަރު 19 ހަސަން އިބުރާހިމް
* ރަދުން އެފްސީ ޖޯޒީ ނަންބަރު 11 ހުސެން ނިސާން
* އައިކޮނިކްއަށް ޖޯޒީ ނަންބަރު 3 ސޮފުވާން އާދަމް

FB IMG 1691262331186 jpg

16 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިން
* ރަދުން އެޕްސީ ޖޯޒީ ނަންބަރު 4 މޫސާ މިއުވާން މަހަމޫދު
* ރަދުން އެފްސީ ޖޯޒީ ނަންބަރު 17 އަހްމަދު އިޔާސް އަލީ

FB IMG 1691262338860 jpg

އެންމެ ގިނަގޯލް ޖެހި ކުޅުންތެރިޔާ
* ލަފޯޒާ ޖޯޒީ ނަންބަރު 50 އަލީ އަހުސަން

ފެއާރޕުލޭ ޓީމް
* ޕަވަރޕަފް ބޯއީޒް

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.