ޓައިމް މެގަޒިން އިން ހޮވާ އެންމެ ވަރުގަދަ 100 މަންޒިލްގެ ލިސްޓުގައި ރާއްޖެ!

ޓައިމް މެގަޒިން އިން ހޮވާ އެންމެ ވަރުގަދަ 100 މަންޒިލްގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެ އެވެ.

އެ މެގަޒިންގެ މިއަހަރުގެ ގަދަ 100 ގެ ލިސްޓުގައި ރާއްޖެ ހިމެނެނީ 53 ވަނައިގަ އެވެ.

އިޝްތިހާރު Below Header ad

ރާއްޖޭގައި އެންމެ ފާހަގަކުރެވޭ ތަންތަނުގެ ތެރޭގައި ނ. އަތޮޅުގައި ހިންގާ ވެލާ ޕްރައިވެޓް އައިލެންޑާއި ފަރި އައިލެންޑްސް ހިމެނެ އެވެ.

ފަރި އައިލެންޑަކީ މިއަހަރު ހުޅުވި ރިސޯޓެކެވެ.

ލިސްޓުގައި ރާއްޖެ ހިމެނުމަށްފަހު ޓައިމްގައި ބުނެފައިވަނީ ރާއްޖެ އަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ޗުއްޓީ ހޭދަކުރަން ފުރުސަތު ދިން ފުރަތަމަ ގައުމު ކަމަށެވެ. ރާއްޖޭގައި ވެކްސިން ޓޫރިޒަމް ފަށަން ނިންމާފައިވާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

މިއަހަރުގެ ލިސްޓުގައި ދުބާއީ، ސިންގަޕޫރު، ނިއުޔޯކް، ބެންކޮކް، އެތެންސް އަދި ޕެރިސް ފަދަ ތަންތަން ވެސް ހިމަނާފައިވެ އެވެ.

ޓައިމްގައި ބުނެފައިވާ ގޮތުގައި މިއަހަރުގެ ލިސްޓުގައި ހިމަނާފައިވާ ތަންތަނަކީ ކޮވިޑް-19ގެ ސަބަބުން އުދަގޫ ހާލަތްތައް ކުރިމަތިވި ނަމަވެސް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިން މަގުބޫލު ތަންތަނެވެ.

ލިސްޓުގައި ހިމެނޭ ތަންތަނުން ހާލަތާ ކުރިމަތިލާ، އަލުން ދާއިރާ ބިނާ ކުުރުމަށް މަސައްކަތް ކޮށްފައިވާ ކަންވެސް ފާހަގަކޮށްފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.