ޓޮޓެންހަމް އިން ތާވަލްގެ 4 ވަނަޔަ ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފި!

ރޭގައި ކުޅުނު މެޗުން އެއްވަރުވެ ތާވަލް ގެ 4 ވަނަޔަ ޖެހިލަން ލިބުނު ފުރުސަތު ޓޮޓެންހަމް އިން ނަގައިލައިފި އެވެ.

ރޭގައި ވެސްޓްހަމް އާއި ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗުން އެއްވަރުވީ 1-1 ގެ ނަތީޖާ އަކުންނެވެ.
މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ވެސް ޓޮޓެންހަމުންނެވެ.
މި ގޯލް އެ ޓީމަށް ޖަހާދިނީ މެޗު ގެ 5 ވަނަ މިނެޓު ގައި ޓިމޯ ވާނާ ގެ އެހީތެރި ކަމާއި އެކު ބްރެނަން ޖޮންސަން އެވެ.

އިޝްތިހާރު Below Header ad

އޭގެ މާ ގިނައިރެއް ނުވެ ވެސްޓްހަމް އިން ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ.
މި ގޯލް އެ ޓީމަށް ޖަހާދިނީ ޖެރާޑް ބޮޔޮންގެ އެހީތެރި ކަމާއި އެކު ކާޓް ޒޫމާ އެވެ.

މި މެޗުން އެއްވަރުވުމުގެ ސަބަބުން ޓޮޓެންހަމް އަށް މިވަނީ ތާވަލްގެ 4 ވަނަޔަ ޖެހިލުމަށް ލިބުނު ރަނުގެ ފުރުސަތު ގެއްލިގެން ގޮސްފައެވެ.
ޓޯޓެންހަމް ތާވަލްގެ 5 ވަނައިގަ އޮތީ ކުޅުނު 30 މެޗުން 57 ޕޮއިންޓު ހޯދައިގެންނެވެ.
ތާވަލްގެ 4 ވަނައިގަ އޮތް އެސްޓަން ވިލާ އަށް ލިބިފަ ވަނީ 59 ޕޮއިންޓެވެ.
އަދި ވެސްޓްހަމް އޮތީ ކުޅުނު 31 މެޗުން ލިބުނު 45 ޕޮއިންޓާއި އެކު ތާވަލްގެ 7 ވަނައިގައެވެ.

ރޭގައި ޕްރިމިޔާ ލީގު ގައި ކުޅުނު އިތުރު މެޗުތަކުގެ ނަތީޖާއަށް ބަލާލާއިރު
ބޯންމޯތާއި ކްރިސްޓަލް ޕެލެސް ކުޅުނު މެޗު ބޯންމޯތު ކާމިޔާބު ކުރީ 1-0 ގެ ނަތީޖާ އަކުންނެވެ.
ބޯންމޯތަށް މި މެޗު ގައި ގޯލް ޖަހާދިނީ ކްލައިވާޓް އެވެ.
ނޮޓިންހަމް ފޮރެސްޓް އާއި ފުލްހަމް ކުޅުނު މެޗުން ނޮޓިންހަމް ފޮރެސްޓް މޮޅުވީ 3-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗު ގައި ނޮޓިންހަމް ފޮރެސްޓް ގެ ގޯލްތައް ޖަހާދިނީ ހުއްސަން އޮޑޮއީ ގެ އިތުރުން ވުޑް އަދި ގިބްސް ވައިޓް އެވެ.

ފުލްހަމްގެ ހަމައެކަނި ގޯލް އެ ޓީމަށް ޖަހާދިނީ އަޑަރަބިއޯޔޯ އެވެ.
އަދި ބާންލީ އާއި ވޮފްލްސް ކުޅުނު މެޗު ނިމިގެން ގޮސްފަ ވަނީ 1-1 އަކުން އެއްވަރު ވެގެންނެވެ.
މި މެޗު ގައި ބާންލީ ގެ ގޯލް ޖަހާދިނީ ލާސަން އެވެ.
އަދި ވޮލްފްސް ގެ ގޯލް އެ ޓީމަށް ޖަހާދިނީ އޭޓް ނާރީ އެވެ.

އަދި ރޭގައި ނިއު ކާސަލް އާއި އެވަޓަން ކުޅުނު މެޗު ވެސް ނިމިގެން ގޮސްފަ ވަނީ 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.
މި މެޗު ގައި ނިއު ކާސަލް ގެ ގޯލް އީސަކް ޖަހާދިން އިރު އެވަޓަން ގެ ގޯލް ލިބުނު ޕެނަލްޓީ އަކުން ޖަހާ ދިނީ ކަލްވެޓް ލެވެން އެވެ.
އަދި މި މެޗު ގައި 2 ޓީމް ގެ ވެސް މުސްލިމް ކުޅުންތެރިން ރޯދަ ވީއްލުމައްޓަކައި މެޗު ގެ ކުޅުން ކުޑަ ވަގުތު ކޯޅަކަ މެދުކަނޑާލި އެވެ.

މިރޭވެސް ޕްރިމިޔާ ލީގު ގެ 3 މެޗެއް ކުޅެވިގެން ދާނެއެވެ.
މިރޭ 11:30 ގައި އާސްނަލް އާއި ލޫޓަން ބައްދަލު ކުރާއިރު ހަމަ އެގަޑީގައި ބްރެންފޯޑް އާއި ބްރައިޓަން ބައްދަލު ކުރާ މެޗު ކުޅެވިގެނ ދާނެއެވެ.
އަދި ދަންވަރު 12:15 ގައި މެންޗިސްޓާ ސިޓީ އާއި އެސްޓަން ވިލާ ބައްދަލު ކުރާ މެޗު ކުޅެވިގެން ދާނެއެވެ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޙަސަން އިބްތިހާލް

ޙަސަން އިބްތިހާލް އަކީ އުމުރުން 3 އަހަރުން ފެށިގެން ލޮލުގެ ފެނުމުން މަޙްރޫމް ވެފައި ވިއެއްކަމަކު، މިއަދު ކުޅަދާނަ ލިޔުންތެރިއެކެވެ. އިބްތިޙާލު ލިޔުއްވާ ކުޅިވަރު ޚަބަރު ތަކަކީ ވަރަށްވެސް ފުރިހަމަ، ދޭހަވުން ފަސޭހަ، ހުނަރުވެރި ލިޔުންތަކެކެވެ. މާތް ﷲ އިބްތިހާލަށް ކުރިއެރުމާއި ފުރިހަމަ ސިއްޙަތާއި ޢާފިޔަތު މިންވަރުކުރައްވާށިއެވެ.

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.