ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި މަޖިލީހުގެ ރައީސް އަދި ނައިބުރައީސްގެ އިތުރުން ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން ކަނޑައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައަޅަންވާނެ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރިޔާސަތު ބަލަހައްޓަވާނެ ފަސް މެންބަރުންގެ ނަން އިއުލާނު ކުރައްވާފައެވެ.

ރިޔާސަތު ބަލަހައްޓަވާނެ މެންބަރުންގެ ތަރުތީބު:
1- މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު
2- މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
3- އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
4- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
5- މަހިބަދޫ ދާއިރާއިގެ މެންބަރު އަހުމަދު ތޯރިގް

މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ މެންބަރުން ކަނޑައެޅުމުގައި ބަލަންޖެހެނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރި މެންބަރުންނަށެވެ. އަދި މެންބަރުންގެ ތަރުތީބު ކަނޑައަޅާނީ އެ ފަސް މެންބަރުންގެ މެންބަރުކަމުެގ މުއްދަތަށް އިސްކަންދީގެން ކަމަށްވެސް ބުނެފައިވެއެވެ. މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ މިގޮތަށް ކަނޑައަޅާ މެންބަރުންނަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގެ މުއްދަތަށް ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.