ޞަލާޙުގެ މުހިންމު ގޯލަކާއި އެކު ލިވަޕޫލް ޕްރިމިޔާ ލީގުގެ އެއްވަނައަށް ޖެހިލައިފި

ރޭ ލިވަޕޫލްގެ ދަނޑުގައި ބްރައިޓަން އާއި ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ ފަހަތުން އަރާ 2 ގޯލް ޖަހާ 2-1 ގެ ނަތީއްޖާއަކުންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑް ނެގީ ބްރައިޓެން އިންނެވެ.
މި ގޯލް ބްރައިޓެން އަށް މެޗު ގެ 2 ވަނަ މިނެޓު ގައި ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ފޯވާޑު ޑެނީ ވެލްބެކް އެވެ.
މި މެޗު ގައި ބްރައިޓެން އިން ފުރަތަމަ ގޯލް ޖަހާ ލީޑް ނެގިޔަސް މެޗުގައި މޮޅަށް ކުޅެމުން ދިޔައީ ލިވަޕޫލުންނެވެ. ނަތީއްޖާ އަކަށްވީ ލިވަޕޫލުން 27 ވަނަ މިނެޓު ގައި ގޯލެއް ޖަހާ މެޗުގެ ނަތީއްޖާ ހަމަހަމަ ކުރުމެވެ.
މި ގޯލް ލިވަޕޫލަށް ޖަހާ ދިނީ ލިވަޕޫލްގެ ކޮލަމްބިޔާ ފޯވާޑު ލުއީސް ޑިޔާސް އެވެ.
ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-1 ގެ ނަތީއްޖާ އަކުން 2 ޓީމް އެއްވަރު ވެގެންނެވެ.
ދެވަނަ ހާފު ފެށިގެންވެސް މޮޅަށް ކުޅެ ގިނަ ހަމަލާތަކެ އުފައްދަމުން ދިޔައީ ލިވަޕޫލުންނެވެ.
މެޗުން މޮޅުވި ގޯލް ލިވަޕޫލަށް ޖަހާދިނީ މެޗުގެ 67 ވަނަ މިނެޓު ގައި މެޗުގެ މޮޅު ކުޅުންތެރިޔާ ގެ މަގާމުވެސް ހޯދި މުޙަމްމަދު ޞަލާޙް އެވެ.
މި މޮޅާއި އެކު ލިވަޕޫލް ވަނީ ތާވަލްގެ 1 ވަނަޔަށް ޖެހިލާފަ އެވެ.
ލިވަޕޫލް ތާވަލްގެ ކުރީގައި އޮތީ ކުޅުނު 29 މެޗުން 67 ޕޮއިންޓު ހޯދައިގެންނެވެ.
މެޗުން ބަލިވި ބްރައިޓެން އޮތީ ކުޅުނު 29 މެޗުން 42 ޕޮއިންޓާއި އެކު ތާވަލް ގެ 9 ވަނައިގަ އެވެ.
ދެން އެންމެ އަވަހަ ލިވަޕޫލް މެޗެއް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު ގެ ރޭގަނޑު 11:30 ގައި ށެފިލްޑް ޔުނެއިޓެޑް އާއި ދެކޮޅަށެވެ.

އިޝްތިހާރު full width ad 1200 x 150

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޙަސަން އިބްތިހާލް

ޙަސަން އިބްތިހާލް އަކީ އުމުރުން 3 އަހަރުން ފެށިގެން ލޮލުގެ ފެނުމުން މަޙްރޫމް ވެފައި ވިއެއްކަމަކު، މިއަދު ކުޅަދާނަ ލިޔުންތެރިއެކެވެ. އިބްތިޙާލު ލިޔުއްވާ ކުޅިވަރު ޚަބަރު ތަކަކީ ވަރަށްވެސް ފުރިހަމަ، ދޭހަވުން ފަސޭހަ، ހުނަރުވެރި ލިޔުންތަކެކެވެ. މާތް ﷲ އިބްތިހާލަށް ކުރިއެރުމާއި ފުރިހަމަ ސިއްޙަތާއި ޢާފިޔަތު މިންވަރުކުރައްވާށިއެވެ.

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.