ޓާމް ޗުއްޓީތަކުގައި ޓީޗަރުން ސްކޫލްތަކަށް ނުނެރެން އެޑިއުކޭޝަނުން އަންގައިފި

ދިރާސީ އަހަރުގެ އެއްވެސް ޓާމެއްގެ ޗުއްޓީގައި ޓީޗަރުން ވަޒީފާ އަށް ނުނެރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.

އެ މިނިސްޓްރީން ސްކޫލްތަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނީ، މި ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ބަންދާއި ދެވަނަ ޓާމް ބަންދު އަދި މިޑްޓާމް ބަންދުގައި ޓީޗަރުން ސްކޫލުތަކަށް ނެރުމަކީ މަނާ ކަމެއް ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޓީޗަރުންނާއި ޕްރިންސިޕަލުންގެ ”ވޯކްލޯޑް“ ކުޑަކުރުމަށް މަސައްކަތް ތަކެއް ކުރައްވާނެ ކަމަށް މީގެ ކުރިން ވެސް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ ވިދާޅުވެފަ އެވެ.

މި އަހަރު މިނިސްޓްރީގެ އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ޓީޗަރުންގެ ”ވޯކްލޯޑް“ ކުޑަކުރުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ ތެރެއިން އަބަދު އެކްޓިވްކޮށް ހުންނަ ވައިބާ ގްރޫޕްތަކާ ގުޅިގެން ޓީޗަރުންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް މިނިސްޓްރީން މިދިޔަ މަހު ވަނީ ސްކޫލްތަކުގެ ޓީޗަރުންނާއި ބެލެނިވެރިން މުއާމަލާތް ކުރުމަށް ކޮންމެ ކްލާހެއްގައި ހުންނަ ވައިބާ ގްރޫޕްތައް ނުހެދުމަށް ވެސް އަންގައިފަ އެވެ.

އެއް ދަންފަޅި އަށް ކިޔަވައިދޭ ސްކޫލެއް ނަމަ އިރުއޮއްސި 6 ގެ ފަހުން އެއްވެސް ޓީޗަރަކު ނެރެގެން ނުވާނެ ކަމަށާއި ދެ ދަންފަޅި އަށް ކުދިން ގެންދާ ސްކޫލެއް ނަމަ ރޭގަނޑު 9 ގެ ފަހުން ޓީޗަރުން ނުނެރުމަށް ޕްރިންސިޕަލުންނަށް އަންގާނެ ކަމަށް މިނިސްޓަރު އިސްމާއިލް އޭރު ވިދާޅުވި އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.