ރަސޫލާއަށް ކިޔަމަންގަތުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފި

މިއަދު ހުކުރު ޚުޠުބާ ގައި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައި ގަތީ ޢާމުލް ފީލޭ ކިޔުނު އަހަރުގެ ރަބީޢުލް އައްވަލު މަހުގައިކަން ފާހަގަ ކޮށްފައިވެއެވެ.

 

އިޝްތިހާރު Below Header ad

ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންއިރު ދުނިޔެގެ ޙާލަތު އޮތް ގޮތަށްވެސް ވަރަށް ފުރިހަމައަށް އަލި އަޅުވާލާފައިވެއެވެ. ޔަހޫދީންނާއި ނަޞާރާއިން އެއްބަޔަކު އަނެއްބަޔަކަށް އެބައި މީހުން ތިބީ އެއްވެސް ގޮތެއްގެ މަތީގައި ނޫންކަމަށް ތުމުމަތުކުރަމުން ދިޔަޒަމާނެއްކަމާއި އެދުވަސްވަރު މީސްތަކުންވަނީ ޝިރުކާއި ފިތުނަފަސާދަ އާއި އަނިޔާވެރިކަމާއި ޖާހިލުކަން ދުވަސްކުވެސް ދުނިޔެ ނުދެކޭވަރަށް ގޮސްފައިވާޒަމާނެއްކަން ފާހަގަ ކޮށްފައިވެއެވެ.

ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ޔަތީމު ޙަލުކޮޅުގައިކަމާއި އެކަލޭގެފާނު ތަރުބިއްޔަތު ލިބިވަޑައިގަތީ ސިދާ އިލާހީ އިނާޔަތް ތެރިކަމުގެ ދަށުންނެވެ. ދުނިޔެ އިސްލާހު ކުރެއްވުމުގެ މަސްއޫލިއްޔަތު އުފުއްލެވުމަށް ބޭނުންވާނޭ ހުރިހާ ތަމްރީނެއް ލިބިވަޑައިގަންނަވާނޭ ގޮތުގެ މަތީންކަންވެސް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީފާހަގަ ކޮށްފައެވެ.

މުޝްރިކުންގެ ދުއްތުރާގެ ސަބަބުން ރަސޫލާގެ ފުރާނަފުޅަށް ނުރައްކާވާ ހިސާބަށް ދިޔަކަމާއި ނަމަވަވެސް ރަސޫލަ ސުވަރުގެ ވަޑައިތީ 23 އަހަރުގެ ތެރޭގައި އެކަލޭގެ ފާނުގެ ކޮނޑުފުޅުގައި އެޅުއްވުނު ވަރުގަދަ މަސްއޫލިއްޔަތު ފުރިހަމަ ކުރައްވާފައިކަންވެސް ބަޔާންކޮށްފައިވެއެވެ.

ކީރިތި ރަސޫލާ ދުނިޔެ ދޫކުރައްވައި ވަޑައިގަތީ، އަޅުގަނޑުމެން އޭގައި ހިފަހައްޓައިފިނަމަ ދުވަހަކުވެސް މަގު ނޯޅޭނޭ ދޭއްޗެއް އަޅުމެނގެ ތެރެއަށް ދޫކުރައްވާފައެވެ. އެއީ ކީރިތި ޤުރްއާނާއި އެކަލޭގެ ފާނުގެ މާތް ސުންނަތްކަންވެސް މިއަދުގެ ހުކުރު ޚުޠުބާ ނިންމާލަމުން ވަނި ފާހަގަ ކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.