މިޑްޓާމް އިންތިޚާބަށްފަހު އީރާނަށް ހަމަލާއެއް ނުދޭނެ – ޓްރަމްޕް

ވަރަށް ބޮޑަށް އިންތިޒާރު ކުރެވެމުންދާ އިންތިޚާބަށް އެއް ދުވަހަށް ވެފައި ވަނިކޮށް، ހޯމަ ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ އިންތިޚާބަށްފަހު އެމެރިކާއިން އީރާނަށް ހަމަލާ ނުދޭނެ ކަމަށެވެ.

މިއީ ޓްރަމްޕް ނިއުކްލިއާ ބޮމެއް ބޭނުންކުރުމާ މެދު ވިސްނަވަމުންދާ ކަމަށް ކޮންޒަވޭޓިވް ޕޮޑްކާސްޓް ހޯސްޓް ޓަކަރ ކާލްސަން ދިން އިންޒާރަކާ ގުޅިގެން ދެއްވި ރައްދެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ވޮޝިންޓަންގެ ރިފްލެކްޓިންގް ޕޫލްގައި ހޯމަ ދުވަހު ދެއްވި ތަގުރީރެއްގައި އެން.ބީ.ސީގެ ރިޕޯޓަރަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޓްރަމްޕް ވަނީ ހަމަލާދިނުމުގެ ފުރުސަތު ނެތްކަމަށް ބުނެފަ އެވެ. އަދި އީރާނަށް ހަމަލާދޭން އަވަސްވެގަތުމުގެ ވިސްނުމެއް ނެތްކަން އެހެން އިންޓަވިއުތަކެއްގައި ވެސް އޭނާ ވަނީ ހާމަކޮށްފަ އެވެ.

”ކޮންމެވެސް ގޮތަކުން އަހަރެމެން ފިޔަވަޅު އަޅާނަން އެކަމަކު އަވަސް އަރުވާލުމުގެ ބޭނުމެއް ނެތް. އިގްތިސާދީ ގޮތުން އަހަރެމެން އެމީހުން ނިކަމެތިކޮށްލައިފިން. އެމީހުންގެ އަތުގައި ފައިސާއެއް، ތެލެއް ނެތް، އަދި އެ ޤައުމުގެ ރައްޔިތުން ތިބީ އެކަމާ ވަރަށް ބޮޑަށް މާޔޫސްވެފައި، އީރާނުން ބޭނުންވަނީ ވީހާވެސް އަވަހަކަށް އެއްބަސްވުމަކަށް އަންނަން. އެކަން އެގޮތަށް ވުމަކީ އެކަށީގެންވާ ކަމެއް!“- ޓްރަމްޕް

ޓްރަމްޕް މި މޭރުމުން ވާހަކަދެއްކީ އެމެރިކާގެ ކޮންގްރެސްގެ ކޮންޓްރޯލް އޮންނާނެ ބަޔަކު ކަނޑައަޅާ އިންތިޚާބަށް ވޯޓުލާން 24 ގަޑިއިރަށް ވެފައި ވަނިކޮށެވެ.

ގިނަ މުހައްލިލުން ދެކޭގޮތުގައި މިއީ ވޯޓުލާ މީހުންގެ ހިތްތަކުގައި އޮތް ބިރުވެރިކަން ކުޑަކޮށް މަސްލަހަތު ފިނިކުރުމަށް ދެއްކި ވާހަކަތަކެކެވެ.

ޚިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާ ގޮތުގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގު އުފުލިފައިވާތީ އާންމުންގެ ނުރުހުން އަމާޒުވެ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް އިންތިޚާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިދާނެ އެވެ.

ކާލްސަން ވެސް ވަނީ ހޯމަ ދުވަހުގެ ނިޔަލަށް 70 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައިވާ ބިރުވެރި އިންޒާރެއް ނެރެފަ އެވެ. ކާލްސަންއާއި ޓްރަމްޕާ ދެމެދު މިހާރު ގުޅުން ގޯސްވެފައިވީ ނަމަވެސް އޭނާއަކީ ސަރުކާރުގެ އިސް އޮފިޝަލުންނާ ގުޅުން އޮންނަ އަދި ނައިބު ރައީސް ޖޭ.ޑީ ވޭންސްގެ ގާތް އެކުވެރިއެކެވެ.

ކާލްސަން ’އެކްސް‘ ގައި ލިޔެފައިވާ ގޮތުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އެދުމުގެ މަތިން ޓްރަމްޕް ގެންދިޔައީ އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމާ މެދު ވިސްނަވަމުންނެވެ.

ބައިނަލްއަޤްވާމީ ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު ހޯމަ ދުވަހު ހަތް އިންސައްތަ ދަށަށް ގޮސް ފީފާއެއްގެ އަގު 104 ޑޮލަރަށް ވެއްޓުނެވެ.

މިއީ އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދީފާނެ ކަމަށް ބަލައި ފާއިތުވި ހަފުތާތަކުގައި އަގު އުފުލުމަށްފަހު އައި ބަދަލެކެވެ. ތަޖުރިބާކާރުންނާއި ޑިޕްލޮމެޓުން އިންޒާރު ދޭ ގޮތުގައި އީރާނަށް ދޭ ކޮންމެ ހަމަލާއެއްގެ ބަދަލު ހިފުމުގެ ގޮތުން ހަކަތައިގެ ގޮތުން މުއްސަނދި ގަލްފް ސަރަހައްދަށް އީރާނުން ހަމަލާދޭނެ އެވެ.

”މިއަދު ތެލުގެ އަގު ދިހަ ޑޮލަރު ދަށަށް ހިނގައްޖެ، މިއީ ތާރީޚުގައި ވެސް ތެލުގެ އަގަށް އައި އެންމެ ބޮޑު ދަށްވުން، އީރާނާ ދެކޮޅަށް އަހަރެމެންނަށް ކުރިލިބެމުންދާތީ އަދިވެސް އަގުތައް މިއަށްވުރެ ތިރިވާނެ.“ ޓްރަމްޕް

ތެލުގެ އަގުތައް ދަށަށް ދާން ފެށީ އެމެރިކާއާއެކު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އާކުރުމަށް މެދުވެރިން މެދުވެރިކޮށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވުމާ ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.