ޑިމޮކްރެޓުންގެ ކޮންޓްރޯލް އޮންނަ ސެނެޓަކަށް ޓްރަމްޕްގެ އެޖެންޑާ ހުއްޓުވިދާނެބާ؟

ޑިމޮކްރެޓުންގެ ކޮންޓްރޯލް އޮންނަ ސެނެޓަކަށް ޓްރަމްޕްގެ އެޖެންޑާ ހުއްޓުވިދާނެ ހެއްޔެވެ؟

ކުރުގޮތަކަށް ބުނާނަމަ އެއީ ވެދާނެ ކަމެކެވެ. މީގެ ބޮޑުބައި ބިނާވެފައި އޮންނާނީ ކުރިއަށް އޮތް ތަނުގައި ބަހުސްތައް ބައްޓަންކުރާ ގޮތެއްގެ މައްޗަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޕާޓީއަކަށް ބެލުމެއްނެތް ގޮތެއްގައި އެމެރިކާގެ ވޯޓުލާ މީހުން ތިބީ މިހާރުގެ ހާލަތާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިކަން އެމީހުންނާ ކުރެވޭ ކޮންމެ ވާހަކައަކުންވެސް ހާމަވެ އެވެ.

މިހާތަނަށް 56 މިލިއަން މީހުން ވަނީ ކުރިއާލާ ވޯޓުލާފަ އެވެ. މިއީ ރިޔާސީ އިންތިޚާބެއް ނޫން އަހަރަކަށް ބަލާއިރު، އާދަޔާޚިލާފަށް ގިނަ އަދަދެކެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަގުބޫލުކަން އޭނާގެ ކުރިން ވެރިކަން ކުރެއްވި ތިން ރައީސުންގެ ފުރަތަމަ މިޑްޓާމް އިންތިޚާބާ އަޅާބަލާއިރު ވަނީ ދަށަށްގޮސްފަ އެވެ.

ޕޯލްތަކާއި ރިޕަބްލިކަން އެނަލިސްޓުންގެ ލަފާކުރުންތަކަށް ބަލާއިރު އަންގާރަ ދުވަހުގެ އިންތިޚާބަށްފަހު ޑިމޮކްރެޓުން ހައުސްގެ އަޣްލަބިއްޔަތު ހޯދުމުގެ އިތުރުން ބާރުގަދަ ސެނެޓްގެ ކޮންޓްރޯލް ހޯދައި ގިނަ ސްޓޭޓްތަކެއްގެ ގަވަރުނަރުކަންވެސް ކާމިޔާބު ކުރާނެ ކަމަށް ބެލެވެ އެވެ.

ނަމަވެސް މީގެ ސަބަބުން ޤާނޫނުތަކަށް އަންނަ ބަދަލަށްވުރެ ބޮޑަށް ފެނިގެންދާނީ ޤާނޫނު ހަދާ މަޖިލީހުގައި ކަންކަން ހުށަހަޅާ ގޮތާއި ސިޔާސީ އޮއިވަރަށް އަންނަ ބަދަލުތަކެވެ.

ރިޕަބްލިކަން ކޮންގްރެސްގެ ކުރީގެ އެޑްވައިޒަރެއް ކަމަށްވާ ރީނާ ޝާހް ހާމަކުރި ގޮތުގައި ސެނެޓުގައި ގެންގުޅެވޭނެ އެންމެ ފައިދާހުރި އުކުޅަކީ ސަރުކާރުގެ ސިޔާސަތުތައް ބަދަލުކުރުމުގެ ބަދަލުގައި އެކަންކަމަށް ހުރަސްއެޅުމެވެ.

މިސާލަކަށް ޓްރަމްޕާއި އޭނާގެ ޕާޓީން ފެޑަރަލް ކޯޓުތަކަށް ކޮންޒަވޭޓިވް ފަނޑިޔާރުން އައްޔަނުކުރަން ކުރާ މަސައްކަތް ޑިމޮކްރެޓް ސެނެޓަރުންނަށް ހުއްޓުވިދާނެ އެވެ.

ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އިޒްރޭލަށް ފާޑުކިޔާ ބައެއް މީހުންގެ ވިސާއާއި ގްރީން ކާޑު ބާތިލުކުރުމުން އެމީހުން ބަންދުން މިނިވަންކުރުމުގައި ފެޑަރަލް ފަނޑިޔާރުން ވަނީ މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.

”ސެނެޓްގެ މެޖޯރިޓީ އޮންނަ ފަރާތަކަށް ކަންކަން ކުރިއަށްދާނެ ތާވަލާއި ކޮމިޓީތަކުގެ މުގައްރިރުކަމާއި މަގާމުތަކަށް މީހުން އައްޔަނުކުރުމުގެ ބާރު ލިބިގެންވޭ. މީގެ މާނައަކީ ސަފީރުންނާއި ޤައުމީ ސަލާމަތާ ގުޅުންހުރި މަގާމުތަކަށް މީހުން އައްޔަނުކުރުން ލަސްކުރުން ނުވަތަ ހުއްޓުވުމުގެ ފުރުސަތު އޮތުމެވެ. އަދި ހަތިޔާރު ވިއްކުމާއި ސިފައިން ފޮނުވުމާއި ހަނގުރާމައިގެ ބާރުތަކާ ގުޅޭގޮތުން ޝަރުތުތައް ކަނޑައެޅުމުގެ ބާރުވެސް ލިބިގެންވޭ،“- މާކޯ

ނަމަވެސް ޓްރަމްޕް ގަބޫލުފުޅުނުވާ ކޮންމެ ބިލެއް އޭނާ ވީޓޯ ކުރައްވާނެކަން ކަށަވަރެވެ.

ޝާހް އިތުރަށް ވިދާޅުވި ގޮތުގައި މީގެ އަސްލު ބޭނުމަކީވެސް އެއީއެވެ.

”ވީޓޯކުރާ ބިލެއްގެ ސަބަބުންވެސް ރިޕަބްލިކަނުންގެ ރަސްމީ ނިންމުން ހާމަވެ، 2028 ވަނަ އަހަރުގެ ބަހުސްތަކަށް މަގުފަހިވެގެންދާނެ. އަސްލު ބާރު އޮތީ ސަރުކާރު ހިންގުމަށް ބޭނުންވާ ފައިސާއާއި ދިފާއީ ބަޖެޓު ފަދަ ކޮންމެހެން ފާސްކުރަންޖެހޭ ބިލުތަކުގަ ސަބަބަކީ ސަރުކާރު ހުއްޓުމަކަށް އައުމުގެ ނުވަތަ ދިފާއީ ފަންޑު މެދުކެނޑުމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެތީ، އެފަދަ ބިލުތައް ވީޓޯކުރުމަކީ ޓްރަމްޕަށް ފަސޭހަ ކަމަކަށް ނުވާނެއެވެ.“ ޝާހް

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.