ކޮމަންވެލްތު މިނިސްޓަރސް މީޓިންގ އޮން ސްމޯލް ސްޓޭޓްސްގެ ކޯ-ޗެއަރކަން މިނިސްޓަރ އިރުތިޝާމް ކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް، ވަނީ މިއަދު އެންޓީގާ އެންޑް ބާބިއުޑާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ބާބިއުޑާ އެފެއާޒް ޗެޓް ގްރީންއާއެކު ބޭއްވި ކޮމަންވެލްތު މިނިސްޓަރސް މީޓިންގ އޮން ސްމޯލް ސްޓޭޓްސް ކޯ-ޗެއަރ ކުރައްވާފައެވެ. ”ސްކޭލިންގ އަޕް ޕާޓްނަރޝިޕްސް އެންޑް އިންވެސްޓްމަންޓް ފޮރ ރެސީލިއަންޓް ސްމޯލް ސްޓޭޓްސް“، މި ޝިއާރުގެ ދަށުން އެންޓީގާ އެންޑް ބާބިއުޑާގެ ވެރިރަށް ސެއިންޓް ޖޯންސްގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ 1 އިން 4 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 28 ވަނަ ކޮމަންވެލްތު ހެޑްސް އޮފް ދަ ގަވަރމަންޓް މީޓިންގގެ ކުރިން ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ ވަކާލާތުކުރުމުގެ ނިޒާމުތައް ވަރުގަދަކުރުމަށް ގޮވާލައްވައި، މިހާރުވެސް ޤާއިމުވެފައި ހުރި ނިޒާމުތައް ކަމަށްވާ އެންޓީގާ އެންޑް ބާބިއުޑާ އެޖެންޑާ ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އަބާސް) ފަދަ ނިޒާމުތަކުގެ ބޭނުން ހިފުމަށާއި، ދިގު މުއްދަތަށް، ފަސޭހައިން، އަދި އެކަށޭނަ މިންވަރަކަށް މާލީ އެހީތެރިކަން ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމުގެ ޤާބިލުކަން އިތުރުކުރުމަށާއި، އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށާއި، ވިޔަފާރިއަށާއި، ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި، އަދި ޑިޖިޓަލް ބަދަލުތަކަށް ކުރާ އިންވެސްޓްމަންޓްތައް ފުޅާކުރުމަށްޓަކައި، ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި، ތަރައްޤީގެ ބައިވެރިން އަދި ޕްރައިވެޓް ސެކްޓަރާއެކު އޮންނަ ގުޅުންތައް މިހާރަށްވުރެ ވަރުގަދަކުރަންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ޙައްލު ހޯދުމަށް އެކަށޭނަ ވަޞީލަތްތައްވެސް ފޯރުކޮށްދިނުމުގެ މުހިންމުކަމަށްވެސް އެ ކަމަނާ އަލިއަޅުއްވާލިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި، ކުދި ޤައުމުތަކުގައި ދެމެހެއްޓެނިވި ތަރައްޤީގެ ޙާޞިލުކުރުމަށްޓަކައި، ޤައުމީ ފެންވަރުގައި ކާމިޔާބުކަމާއެކު ހިންގާފައިވާ މަޝްރޫޢުތައް ފުޅާކުރުމާއި، ފަންނީ އެހީތެރިކަން އިތުރުކުރުމާއި، އަދި އެ ތަޖުރިބާރު ދެމިގެންދިއުމުގެ މުހިންމުކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ. ”މޯލްޑިވްސް ފަސްޓް“ ޚާރިޖީ ސިޔާސަތުގެ އަސާސްތަކަށް އަލިއަޅުއްވާލައްވަމުން، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އަދި އިސްކަންދޭ ކަންކަމަށް އިޙްތިރާމްކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުންތަކަށް ރާއްޖެއިން ދޭ އަހައްމިއްޔަތު އެކަމަނާ ހާމަކުރެއްވިއެވެ. އަދި ކޮމަންވެލްތުގެ އެއްބާރުލުން ބިނާވާންޖެހޭނީ ސާފު ލަނޑުދަނޑިތަކެއްގެ މައްޗަށް ކަމަށާއި، ކުރިއެރުންތައް ވަޒަންކުރެވެންޖެހޭނެ ކަމަށާއި، އަދި އެއީ ހުރިހާ މެމްބަރު ގައުމުތަކުގެ ޒިންމާއެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ނިންމުންތައް ނިންމުމުގައި ކުދި ޤައުމުތަކުގެ ތަމްޞީލުވުން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، 2028 އިން 2030 އަށް ހިއުމަން ރައިޓްސް ކައުންސިލްގެ މެމްބަރުކަމަށް އަދި 2033 އިން 2034 އަށް އ .ދ ގެ ސަލާމަތީ މަޖިލީހުގެ ނަން-ޕާމަނަންޓް މެމްބަރަކަށް ދިވެހިރާއްޖެއިން ކުރިމަތިލާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމަކީ ކޮމަންވެލްތުގެ މެންބަރު ޤައުމުތަކުން އިސްކަންދޭ ކަންކަމާމެދު މަޝްވަރާކުރުމަށާއި، ކުދި ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީއާއި ކުރިއެރުން އިތުރުކުރުމަށްޓަކައި މެންބަރު ޤައުމުތަކާމެދު އޮންނަ އެއްބާރުލުން ވަރުގަދަކުރުމުގެ މަގްސަދުގައި ބާއްވާ ބައްދަލުވުމެކެވެ. މިނިސްޓަރު އިރުތިޝާމް ވަނީ އެންޓީގާ އެންޑް ބާބިއުޑާގެ ފޮރިން މިނިސްޓަރަ އެކު، މި ބައްދަލުވުމުގެ ކޯ-ޗެއާގެ ހައިސިއްޔަތުން، ބައްދަލުވުން ހުޅުވުމާއި ނިންމުމުގެ ރަސްމިއްޔާތުގައި ތަޤްރީރުކުރައްވާފައެވެ. މި ބައްދަލުވުމުގައި އެންޓީގާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓަން ބްރައުންގެ ޚާއްޞަ ޚިޠާބެއް އިއްވެވިއިރު، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އޮނަރަބަލް ޝާލީ ބޮޗްވޭވެސް ވާހަކަފުޅުދެއްކެވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.