ޙަލާލާއި ޙަރާމުގެ ދެމެދުގައިވާ ޝައްކުއުފެދޭ ކަންތައްތައް

އަބޫ ޢަބްދުﷲ އައްނުޢުމާން ބިން ބަޝީރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެ އެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އެއްސެވީމެވެ.

”ހަމަކަށަވަރުން ޙަލާލުކަންތައްތައް ބަޔާންވެ އެނގެން އެބައޮތެވެ. އަދި ޙަރާމްކަންތައްތައްވެސް ބަޔާންވެ އެނގެން އެބައޮތެވެ. އަދި އެދެމެދުގައި (ޙަލާލުކަމެއް ނުވަތަ ޙަރާމްކަމެއްކަން) ޝައްކުއުފެދޭ ކަންތައްތަކެއްވެ އެވެ. ގިނަ މީހުންނަކަށް އެކަންތައްތަކެއް ނޭނގެ އެވެ. ފަހެ، އެ ޝުބުހަގަނޑުން ދުރުހެލިވެއްޖެ މީހާ، އޭނާގެ ދީނާއި އަބުރު ސަލާމަތްކޮށްފި އެވެ. އަދި އެ ޝުބުހަގަނޑުގެ ތެރެއަށް ވަދެެއްޖެ މީހާ، ޙަރާމްކަންތަކުގެ ތެރެއަށް ވެއްޓިއްޖެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އޭގެ މިސާލަކީ ރަސްރަސްކަލުންގެ ޚާއްޞަ ހިމާޔަތްކުރެވިފައިވާ ބިމެއްގެ ކައިރީގައި ކަންބަޅި ހުއިހައްޕަން އުޅޭ މީހަކު ފަދައިންނެވެ.

އެ މީހާގެ ޖަނަވާރުތައް އެ ބިމަށް ވަދެ ހުއިކެއުމަކީ ވަރަށް ގާތްކަމެކެވެ. ދެނެގަންނާށެވެ! ކޮންމެ ރަސްކަލަކަށްމެ ޚާއްޞަ ހިމާޔަތްކުރެވިފައިވާ ބިމެއް (ހިމާ) ވެއެވެ.

ﷲ تعالىގެ ހިމާ އަކީ އެކަލާނގެ ޙަރާމްކުރެއްވި ކަންތައްތަކެވެ. ދެނެގަންނާށެވެ! އިންސާނާގެ ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. އެ މަސްކޮޅު އިޞްލާޙުވެއްޖެނަމަ މުޅި ހަށިގަނޑު އިޞްލާޙުވެދެއެވެ. އަދި އެ މަސްކޮޅު ފާސިދުވެއްޖެނަމަ މުޅި ހަށިގަނޑު ފާސިދުވެދެއެވެ. ދެނެގަންނާށެވެ! އެއީ ހިތެވެ.“ (ބުޚާރީ އަދި މުސްލިމް)

އިޞްޠިލާޙުތައް

ޙަލާލު:
ލުޣަވީގޮތުން ”ޙަލާލު“ ގެ މާނައަކީ ހުއްދަވެގެންވުމެވެ. ދީނީ އިޞްޠިލާޙުގައި އެއީ އިސްލާމްދީނުގައި ހުއްދަކުރައްވާފައިވާ ކަންތައްތަކަށް ކިޔާ ނަމެކެވެ. ޙަލާލަކީ ކީރިތި ޤުރްއާނުން ނުވަތަ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ހުއްދަކަން ސާބިތުވާ ކަންކަމެވެ.

އިސްލާމްދީނުގެ އަސާސީ ޤާއިދާއަކީ، ﷲ ތަޢާލާ އުފައްދަވާފައިވާ އެންމެހައި ތަކެއްޗާއި އޭގެ މަންފާތަކަކީ އިންސާނާގެ ބޭނުންތަކަށްޓަކައި ހުއްދަކުރައްވާފައިވާ ތަކެތި ކަމެވެ. ޝަރުޢީ ނައްޞަކުން (ޤުރުއާނުގެ އާޔަތަކުން ނުވަތަ ޞައްޙަ ޙަދީޘަކުން) ޙަރާމްކުރައްވާފައިވާ ކަމެއް މެނުވީ ޙަރާމްވެގެން ނުވެއެވެ. މީގެއިން އެނގެނީ ޙަރާމްކުރެވިފައިވާ ކަންތައްތަކުގެ ދާއިރާ ވަރަށް ހަނިވެފައި، ހުއްދަ ކަންތައްތަކުގެ ދާއިރާ ނުހަނު ތަނަވަސްވެގެންވާ ކަމެވެ.

ޙަރާމް:
ލުޣަވީގޮތުން މީގެ މާނައަކީ މަނާކުރެވިފައިވާ ނުވަތަ ހުއްދަނޫން ކަންތައްތަކެވެ. އިޞްޠިލާޙުގައި އެއީ ޝަރުޢީ ނައްޞަކުން ކަނޑައެޅިގެން މަނާކުރައްވާފައިވާ، އަދި އެކަމެއް ކުރާ މީހަކަށް ދުނިޔެއާއި އާޚިރަތުގައި ޢުޤޫބާތް ޙައްޤުވާ ކަންތައްތަކެވެ. ޙަރާމްކުރެވިފައިވާ ކަންތައްތަކުގެ ދަރަޖަތައް ތަފާތުވެ އެވެ. އޭގެ ތެރޭގައި ބޮޑެތި ފާފަތަކާއި، ކުދި ފާފަތަކާއި، މަކްރޫހަ ކަންތައްތައް ހިމެނެއެވެ. ކަންކަން ޙަލާލުކުރުމާއި ޙަރާމްކުރުމުގެ ފުރިހަމަ އިޚްތިޔާރު ލިބިގެންވަނީ ހަމައެކަނި ﷲ ﷲ تعالىއަށެވެ.

ހިމާ:
ލުޣަވީގޮތުން މީގެ މާނައަކީ ރައްކާތެރިކުރެވިފައިވާ ނުވަތަ މަނާކުރެވިފައިވާ ބިމެވެ. މިއީ ވެރިޔަކު ނުވަތަ ރަސްކަލަކު ވަކި ޚާއްޞަ ބޭނުމަކަށް (މިސާލަކަށް ޖަނަވާރު ހުއިހެއްޕުމަށް) ހިމާޔަތްކޮށް، އާންމުން ވަނުން މަނާކޮށްފައިވާ ބިމެކެވެ. މިއީ ﷲ تعالى ޙަރާމްކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވުމުގެ މުހިންމުކަން ބަޔާންކޮށްދިނުމަށް ބޭނުންކުރެވިފައިވާ ރީތި މިސާލެކެވެ.

އިރުޝާދުތަކާއި އަޚްލާޤީ ފިލާވަޅުތައް

މި ޙަދީޘް ބިނާވެފައިވަނީ މުއުމިނާގެ ނަފްސުގެ މައްޗަށެވެ. ޙަލާލު ކަންތައްތަކުގައި ހިފެހެއްޓުމާއި، ޙަރާމް ކަންތައްތަކުން ދުރުހެލިވުމާއި، ޝައްކުއުފެދޭ ކަންތައްތަކުން ރައްކާތެރިވުމަށް މި ޙަދީޘް ބާރުއަޅުއްވައެވެ. ޝައްކުއުފެދޭ ކަންތައްތަކުން ދުރުހެލިވުމަށް އިރުޝާދު ދެއްވާފައިވަނީ، އެފަދަ ކަންކަމަށް އަރައިގަތުމަކީ ސީދާ ޙަރާމްކަމެއް ކުރުމަށް މަގުފަހިވާނެ ކަމަކަށްވާތީއެވެ.

މި ޙަދީޘުން ލިބިދޭ މުހިންމު އުޞޫލުތަކުގެ ތެރޭގައި

  1. އިސްލާމްދީނުގައި ޙަލާލު ކަންތައްތައް ވަރަށް ސާފެވެ. މިސާލަކަށް: ތައްޔިބު (ރަނގަޅު) ކާބޯތަކެތި، ހެދުން، ކައިވެނި ފަދަ ކަންކަމެވެ.
  2. ޙަރާމް ކަންތައްތަކަކީވެސް ސާފުކޮށް އެނގެން ހުރި، މަދު ކަންތައްތަކެކެވެ. މިސާލަކަށް: އަމިއްލައަށް މަރުވެފައިވާ ތަކެތި، ލޭ، އޫރުމަސް، ރާ، މީހުން މެރުން، ދޮގު ހެކިދިނުން، ވައްކަން، ރިބާ، ޒިނޭ، އަދި މަކަރު ހެދުން ފަދަ ކަންކަމެވެ.
  3. ޙަރާމް ކަމަކަށް މަގުފަހިވާ ކޮންމެ ކަމަކީވެސް ޙަރާމް ކަމެކެވެ.
  4. ނިޔަތް ރަނގަޅުވުމަކީ ޙަރާމް ކަމެއް ޙަލާލުވާނެ ސަބަބެއް ނޫނެވެ.
  5. ޙަރާމް ކަންތައްތަކަކީ އެންމެންގެ މައްޗަށްވެސް ހަމަހަމަވެގެންވާ މަނާ ކަންތައްތަކެވެ.
  6. ކަމެއް ޙަރާމްކުރެވެނީ އޭގައި އެކުލެވޭ ނުތާހިރުކަމެއްގެ ސަބަބުން ނުވަތަ ގެއްލުމެއްގެ ސަބަބުންނެވެ.
  7. މަޖުބޫރު ހާލަތްތަކުގައި (ޟަރޫރީ ޙާލަތްތަކުގައި) އިސްތިސްނާ ޙާލަތްތަކެއްވެއެވެ.

މީގެ އިތުރުން، ޙަލާލާއި ޙަރާމާ ދެމެދުގައިވާ އަނދިރި ދާއިރާއަކީ ”ޝުބުހަ“ އެވެ. ބައެއް ފަހަރު ކަމެއްގެ ދަލީލު ސާފުނުވުމުގެ ސަބަބުން ނުވަތަ ޙާލަތާ ގުޅޭގޮތުން އުފެދޭ ސުވާލުތަކުގެ ސަބަބުން އެއީ ޙަލާލު ކަމެއްތޯ ނުވަތަ ޙަރާމް ކަމެއްތޯ ކަނޑައަޅަން ދަތިވެދާނެއެވެ. މިފަދަ ޙާލަތްތަކުގައި އެކަމަކުން ދުރުހެލިވުމަކީ ތަޤުވާވެރިކަމުގެ ތެރެއިންވާ ކަމެކެވެ.

މި ޙަދީޘުން އެނގޭ ގޮތުގައި، ޙަލާލު ކަންތައްތައް ކުރުމާއި، ޙަރާމް ކަންތައްތަކުން ދުރުހެލިވުމަކީ ހިތް ސަލާމަތުންވާ ކަމުގެ ނިޝާނެކެވެ. ހިތަކީ އިންސާނާގެ ޢަމަލުތައް ކޮންޓްރޯލްކުރާ މައި މަރުކަޒެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: ”ﷲ އަށްޓަކައި ހޭދަކޮށް، ﷲ އަށްޓަކައި މަނާކޮށް، ﷲ އަށްޓަކައި ލޯބިވެ، އަދި ﷲ އަށްޓަކައި ނަފުރަތްކޮށްފި މީހާ، އޭނާގެ އީމާންކަން ފުރިހަމަކޮށްފިއެވެ.“

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.