އެނަރޖީ އެފިޝަންސީ އަށް ހޭލުންތެރިކުރުމުގެ މަސައްކަތު ބައްދަލުވުމެއް ފަށައިފި

އެނަރޖީ އެފިޝަންސީއަށް ހޭލުންތެރިކުރުމާއި ބެހޭ މަސައްކަތު ބައްދަލުވުމެއް މިއަދު ހެނދުނު  ކ. މާފުށީ ސްކޫލްގެ ޘާނަވީ ދަރިވަރުންނަށް ފަށައިފިއެވެ.

ދެދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމުގައި މިއަދު މަޢުލޫމާތު ދީފައިވަނީ މާފުށީ ސްކޫލްގެ ގްރޭޑް އަށެއްގެ ދަރިވަރުންނަށެވެ. މާދަމާ މައުލޫމާތު ދޭނީ ގްރޭޑް ނުވައެއްގެ ދަރިވަރުންނަށެވެ.

އިޝްތިހާރު Below Header ad

މި ދެ ގްރޭޑުން ޖުމްލަ 44 ދަރިވަރުން ބައިވެރިވާ މި މަސައްކަތު ބައްދަލުވުން ބާއްވާފައވަނީ ސްޓްރެންތެނިންގ ލޯ ކަރބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުގެ ފަރާތުންނެވެ.

މި މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން މާފުށީ ސުކޫލުގެ ޕްރިންސިޕަލް ޢަބްދުއްނާޞިރު މުޙައްމަދު ވިދާޅުވީ މުޖްތަމަޢެއް ބަދަލުކުރުމުގެ އެންމެ އިސްދައުރެއް އަދާކުރާނީ ދަރިވަރުން ކަމަށެވެ. އަދި ހަކަތަ އިޤްތިޞާދު ކުރުމާއި ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޢުލޫމާތު ދަރިވަރުންނަށް ދިނުމުގެ ސަބަބުން އޭގެ ފައިދާ މުޅި މުޖްތަމަޢަށް ކުރާނެ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

އަދި މިފަދަ މަސައްކަތު ބައްދަލުވުންތަކަކީ ވަރަށް މުހިންމު މަސައްކަތު ބައްދަލުވުންތަކެއް ކަމަށާއި އެންވަޔަރަމެންޓް މިނިސްޓްރީން މިފަދަ މަސައްކަތްކުރައްވާތީ އުފާކުރައްވާ ކަމަށްވެސް ނާޞިރު ވިދާޅުވިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ހަކަތަ އިޤްތިޞާދު ކުރުމާއި ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމާއި ބެހޭ ގޮތުން ދަރިވަރުންނަށް ވަނީ މަޢުލޫމާތު ދީފައެވެ. މި ބައްދަލުވުމުގައި ދަރިވަރުންނަށް މަޢުލޫމާތުދެއްވީ މި މިނިސްޓްރީގެ ކަމާއި ބެހޭ ތަޖުރިބާކާރުންނެވެ.
ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީ އާއި އ.ދ ގެ ތިމާވެށްޓާއިބެހޭ ޖަމިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.