ދިގުރަށު ކައުންސިލާ އެކު މުހިންމު މަޝްވަރާތަކެއް ކޮށްފި

މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ، އަލްފާޟިލް ޢަލީ ޝަރީފާއި އެ މިނިސްޓްރީގެ އިސް ވަފުދެއް، އދ. ދިގުރަށު ކައުންސިލާ ބައްދަލުކުރައްވައި އެރަށަށް ދިމާވެފައިވާ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފި އެވެ

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ދިގުރަށުގެ ކުނި މެނޭޖްކުރުމުގެ ނިޒާމަށާއި، ގިރާ ސަރަޙައްދުތައް ހިމާޔަތްކުރުމަށާއި، އަދި ޔޫޓިލިޓީ ޚިދުމަތްތަކާ ގުޅިގެން ރަށަށް ކުރިމަތިވެފައިވާ އެކިއެކި ގޮންޖެހުންތަކުގެ މައްޗަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދިގުރަށު ކައުންސިލުން ވަނީ މި މައްސަލަތަކުގެ ސަބަބުން ރަށުގެ ވަސީލަތްތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތައް މިނިސްޓަރާ ހިއްސާކުރައްވާފައެވެ. އަދި މިކަންކަމުގެ ސަބަބުން ދިމާވާ ދަތިތަކުގެ ކަންބޮޑުވުންތައް ކައުންސިލްގެ ފަރާތުން ފާޅުކުރެއްވި އެވެ.

މި ބައްދަލުވުމުގައި ދެފަރާތުން ވަނީ މި މައްސަލަތަކަށް ޢަމަލީ ގޮތުން ގެނެވިދާނެ އަވަސް ހައްލުތަކަކީ ކޮބައިތޯ ބަލައި، ކަމާގުޅުންހުރި މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން، ދިގުރަށުގެ ތިމާވެށީގެ ވިލުންވެރިކަން އިތުރުކުރުމަށާއި، ރަށުގެ ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވަނީ ވާހަކަދެކެވިފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.