ކަޝްމީރުގައި ހަދަމުންދިޔަ ބްރިޖެއްގެ ބައެއް ވެއްޓިއްޖެ މީހަކު މަރުވެއްޖެ

ޖައްމޫ އެންޑް ކަޝްމީރުގެ ސާމްބާ ޑިސްޓްރިކްޓްގައި ހަދަމުންދިޔަ ފްލައިއޯވަރެއްގެ ބައެއް ވެއްޓި، އެތަނުގައި މަސައްކަތް ކުރަމުންދިޔަ މީހަކު މަރުވެ، އިތުރު މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ސާމްބާ ޑިސްޓްރިކްޓްގެ ޖަކް ސަރަހައްދުގަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދިއްލީ-އަމްރިތްސަރު-ކަޓްރާ އެކްސްޕްރެސްވޭގެ މަސައްކަތް ކުރިއަށްދަނިކޮށް މި ހާދިސާ ހިނގީ ހެނދުނު 10:00 އެހާކަންހާއިރު، ފްލައިއޯވަރުގެ ބައިތައް ހަރުކުރުމަށް ބޭނުންކުރާ ”ލޯންޗިންގ ގާޑަރ“ އިން ކޮންކްރީޓް ބައެއް ވެއްޓުމުގެ ސަބަބުންނެވެ.

މި ހާދިސާގައި އަނިޔާވި މަސައްކަތްތެރިޔާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޭނާގެ ޙާލު ވަރަށް ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޙާދިސާ ދުށް މީހުން ކިޔައިދިން ގޮތުގައި، ފްލައިއޯވަރުގެ ބައެއް ވެއްޓުމާއެކު ބާރުގަދަ އަޑެއް އިވި، އެ ސަރަހައްދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.

ސާމްބާ ޑިސްޓްރިކްޓްގެ އިސް އޮފިޝަލުން ވަނީ ޙާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކޮށް، ޙާލަތު ބައްލަވާފަ އެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި މަރުވި މަސައްކަތްތެރިޔާގެ ޢާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވާއިރު، ފުލުހުން ވަނީ މައްސަލަ ތަޙްޤީޤު ކުރަން ފަށާފަ އެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މިވަގޤުތު އެންމެ ބޮޑު އިސްކަމެއް ދެނީ އަނިޔާވި މީހާއަށް ބޭނުންވާ އެންމެ ފުރިހަމަ ފަރުވާ ފޯރުކޮށްދިނުމަށެވެ.

މިމަޝްރޫޢަކީ669 ކިލޯމީޓަރުގެ ދިގު މި ދިއްލީ-އަމްރިތްސަރު-ކަޓްރާ އެކްސްޕްރެސްވޭއަކީ ”ބާރަތުމާލާ ޕަރިޔޯޖަނާ“ ގެ ދަށުން ގާތްގަނޑަކަށް 40،000 ކްރޯޑް ރުޕީސް ހޭދަކޮށްގެން ކުރިއަށްގެންދާ ބޮޑު މަޝްރޫއެކެވެ.

މި މަޝްރޫއު ނިމުމުން، ދިއްލީއާއި ކަޓްރާއާ ދެމެދު ކުރާ ދަތުރުގެ ވަޤުތު 14 ގަޑިއިރުން 6 ގަޑިއިރަށް ކުރުވެގެންދާނެ އެވެ. މިއީ ޖައްމޫ އެންޑް ކަޝްމީރާއި ޕަންޖާބުގެ ދީނީ ފަތުރުވެރިކަމާއި، ވިޔަފާރިއާއި، އިޤްތިޞާދީ ކުރިއެރުމަށް ލިބޭނެ ބޮޑު ބާރަކަށް ވުމުގެ އިތުރުން، ދިފާޢީ ބޭނުންތަކަށް ކުރާ ދަތުރުތަކަށް ވެސް ބޮޑު ލުޔެއް ލިބިގެންދާނެ މަޝްރޫއެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.