މިނިވަން ޗެމްޕިއަންކަން މަޑަވެއްޔާއި ދެއްވަދޫ ހޯފައިފި.

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގދ އަތޮޅުގެ ޗެމްޕިއަންކަން މަޑަވެލި ހޯދިއިރު ގއ. ޗެމްޕިއަންކަން ދެއްވަދޫ ހޯދައިފި އެވެ.

ގދ. އަތޮޅުގެ ޗެމްޕިއަންކަން މަޑަވެލި ހޯދީ ފައިނަލުގައި އެއަތޮޅު ގައްދޫއާ ވާދަކޮށް 1-0 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު Below Header ad

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އެ އަތޮޅު ހީޑެއްދޫގައި ކުޅުނު ގައިނަލް މެޗުގައި މަޑަބެލިން ޖެހި ހަމައެކަނި ލަނޑު ޖެހީ ފަހުހާފުގަ އެވެ.

ގއ. އަތޮޅުގެ ޗެމްޕިއަންކަން އެއަތޮޅު ދެއްވަދޫ ހޯދީ ފުރިހަމަ ވަގުތު ހަމަވި އިރު 3-3 ގެ ނަތީޖާއިން ދެޓީމް އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ނެވެ.

ޕެނަލްޓީން ދެއްވަދޫ މޮޅުވީ 7-6 އިން ނިލަންދޫ ބަލިކޮށްފަ އެވެ.

14440670_955737577887677_1483764019272978668_n

މީގެ އިތުރުން މާލެ އަތޮޅުގެ ފައިނަލް ވެސް ވަނީ ކުޅެފައެވެ. މާލެ އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ގުރައިދޫ އެވެ.

ގުރައިދޫ ޗެމްޕިއަންކަން ހޯދީ ހިންމަފުއްޓާ ވާދަކޮށް 2-0 އިން މޮޅުވެގެންނެވެ.

އެހެންކަމުން މި 3 ޓީމުވެސް ވަނީ ޒޯން ބުރަށް ހޮވިފައެވެ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.