
ގައުމީ 17ވަނަ ދިގުފެތުމުގެ މުބާރާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން އިސްވެ އެހީތެރިކަން ފޯރުކޮށްދީފި
ދިވެހިރާއްޖޭގެ ފެތުމުގެ ކުޅިވަރުތަކުގެ ގައުމީ ޖަމިއްޔާއިން އިން އިންތިޒާމްކޮށްގެން ބޭއްވި ގައުމީ 17ވަނަ ދިގުފެތުމުގެ މުބާރާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން އިސްވެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެގޮތުން އޮކްޓޫބަރު 9 އަދި 10ވަނަ ދުވަހު މާލެ އަތޮޅު ކުޑަގިރި އައިލެންޑުގައި މި މުބާރާތް ކުރިއަށްގެންދިޔައިރު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ވަނީ އެ ސަރަހައްދުގައި ޑައިވަރުންނާއި، ސީއެމްބިއުލާންސް އަދި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސެކިއުރިޓީ ބަލަހައްޓާފައެވެ.
މި ހަރަކާތުގައި މާލޭ އޭރިއާ ކޮމާންޑްގެ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ފާސްޓް އިންޑަރ ޝިޕް ހަކުރާއާއި ޑައިވަރުން ވަނީ ހަރަކާތްތެރިވެފައެވެ.



