
ބްރޭކިންގ: ހޫޘީން ރިޔާޟަށް ދިން ހަމަލާތަކެއްގައި 12 މީހުން މަރުވެއްޖެ
ރިޔާޟުގެ ކިންގް ޚާލިދު އެއާޕޯޓަށް ހޫޘީން ދިން އެންމެ ފަހުގެ ހަމަލާތަކުގައި 12 މީހުން މަރުވެ 309 މީހުން ޒަޚަމްވެފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ސިވިލް އެވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ. އޭގެތެރޭގައި އެހެން ޤައުމުތަކުގެ8 މީހުން ހިމެނޭކަމަށް އެއޮތޯރިޓީއިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން، ސައުދީ އިސްވެ އޮންނަ ކޯލިޝަން ފައުޖުތަކުން ވަނީ އެ ގައުމުގެ އިރުމަތީ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ޑްރޯނެއް ވައްޓާލާފައެވެ.
މި ހަމަލާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ، ހޫޘީންނަށް ހަމަލާދިނުމުގައި ސައުދީ އަރަބިއްޔާއާ ބައިވެރިވުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ. އަދި ސައުދީގެ ބޮޑުވަޒީރު، ވަލީއަހުދު މުޙައްމަދު ބިން ސަލްމާންއާއި ފޯނުން ގުޅައި މަޝްވަރާ ކުރުމަށް ގަސްދުކުރައްވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާއަށްފަހު، ޔަމަނުގެ ހޫޘީންނާ ދެކޮޅަށް ސައުދީން ދޭ ހަމަލާތަކުގައި އެމެރިކާއިން ބައިވެރިވުން އެކަށީގެންވާ ކަމަށް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ޓްރަމްޕް މި މޭރުމުން ވާހަކަފުޅު ދެއްކެވީ، އެ ހަމަލާގައި 12 މީހުން މަރުވެ 300 އަށްވުރެ ގިނަ މީހުން ޒަޚަމްވިކަން ސައުދީގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދިނުމުގެ ކުރިންނެވެ.



