ރޮނާލްޑޯގެ އެނބުރި އައުން އަލް ނަސްރު ހެއްވާލައިފި

ޕޯޗުގަލްގެ ޤައުމީ ޓީމުގައި ޖެހުނު މައްސަލަތަކަށްފަހު އެނބުރި އައިސް ރޮނާލްޑޯ ޖެހި ލަނޑާއެކު އަލް ނަޞްރު މޮޅުވެއްޖެ އެވެ.

ޕޯޗުގަލްގެ ޤައުމީ ޓީމާއެކު ހޭދަކުރި ހަލަބޮލި ދުވަސްތަކަށްފަހު، ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި ކުލަބު ފުޓްބޯޅައަށް ނިކުމެ، ސަޢޫދީ ޕްރޯ ލީގުގައި ދިރިޢާ އަތުން 3-0 އިން އަލް ނަޞްރު މޮޅުވި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މޮޅާއެކު، ތާވަލުގެ އެއްވަނައިގައި އޮތް އަލް ގާދިސިއާއާ އެއްވަރަށް ޕޮއިންޓް ހޯދައި، އެންމެ ފަހުގެ ޗެމްޕިއަން އަލް ނަޞްރު ވަނީ ގޯލުގެ ތަފާތުން ދެވަނައަށް ޖެހިލާފަ އެވެ.

ބައިނަލްއަޤްވާމީ މެޗުތަކުގެ ބްރޭކުގައި، އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ސްކޮޑު ދޫކޮށް ގޮސްފަ އެވެ.

އޭނާ ވަނީ ޤައުމީ ޓީމަށް ކުޅުނު 234 މެޗުގައި 146 ލަނޑު ޖަހައިދީފަ އެވެ.

އަންގާރަ ދުވަހު ނެރުނު ދިގު ބަޔާނެއްގައި ރޮނާލްޑޯ ބުނެފައިވަނީ، ޤައުމީ ޓީމުގެ އައު ކޯޗު ޖޯޖް ޖީސަސް، ނޭޝަންސް ލީގުގައި އޭނާ ބޭނުންކުރާނެ ގޮތާ މެދު ވީ ވައުދާ ޚިލާފުވެފައިވާ ކަމަށެވެ.

މިދިޔަ މެއި މަހު ޖީސަސްގެ އިރުޝާދުގެ ދަށުން އަލް ނަޞްރަށް ސަޢޫދީ ލީގު ކާމިޔާބުކޮށްދިން ރޮނާލްޑޯ، ހުކުރު ދުވަހުގެ މެޗުގެ ފުރަތަމަ ހާފުގެ މެދުތެރެއިން ވަނީ ލަނޑުޖަހައި މެޗުގެ ލީޑު ނަގައިދީފަ އެވެ.

ކިންގްސްލީ ކޯމަން އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލްކީޕަރު ވަލީދު ޢަބްދުﷲ އަތުގައި ޖެހިފައި ނިކުތް ވަގުތު، ރޮނާލްޑޯ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައި، އޭނާގެ ކެރިއަރުގެ 980 ވަނަ ލަނޑު ހަމަކޮށްފަ އެވެ.

ޓޮޓެންހަމްގެ ކުރީގެ ކޯޗު އޭންޖް ޕޯސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން ކުޅޭ އަލް ނަޞްރުގެ ދެވަނަ ލަނޑު ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ޖަހައިދިނީ ސަމޫ ކޮސްޓާ އެވެ. އަދި މެޗު ނިމެން 13 މިނެޓަށް ވެފައި ވަނިކޮށް ކޯމަން ވަނީ ތިންވަނަ ލަނޑު ޖަހައި މޮޅު ކަށަވަރުކޮށްދީފަ އެވެ.

ލީގުގެ އެއްވަނައިގައި އޮތް އަލް ގާދިސިއާ ވަނީ 5-0 އިން އަލް ޚުލޫދު ބަލިކޮށް ފަ އެވެ.

އެ މެޗުގައި ނެދަލޭންޑްސްގެ ތިޖާނީ ރެއިންޑާސް ލަނޑުޖަހަން ފެށިއިރު، އިޓަލީގެ މަޓެއޯ ރެޓެގީ އާއި މެކްސިކޯގެ ޖޫލިއަން ކީނޯނޭސް ވެސް ވަނީ ލަނޑު ޖަހާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.