ސަޢޫދީން 22 އަހަރަށްފަހު ގަލްފް ކަޕްގެ ތަށި އުފުލާލައިފި

ސައުދީ އަރަބިއްޔާއިން 22 އަހަރަށްފަހު ގަލްފް ކަޕްގެ ތަށި އުފުލާލައިފި އެވެ.

މުބާރާތް ބޭއްވި ޤައުމު ކަމަށްވާ ސަޢޫދީ ޢަރަބިއްޔާއިން 27 ވަނަ ގަލްފް ކަޕް ކާމިޔާބުކުރީ، އަންގާރަ ދުވަހު ކުޅުނު ފައިނަލް މެޗުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ބައްދަލުކޮށް 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއީ 22 އަހަރުގެ މެދުކެނޑުމަކަށްފަހު އެ ޤައުމުން މި ތަށި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ކިންގް ޢަބްދުالله ސްޕޯޓްސް ސިޓީގައި ކުޅުނު މި މެޗުގެ 11 ވަނަ މިނެޓުގައި ސަޢުދީއަށް ކުރިހޯދައިދިނީ ވިންގަރ ހައްމާމް އަލް ހައްމާމީ އެވެ.

އޭނާ ފޮނުވާލި ހަމަލާ ގޯލަށް ވަނީ އިދިކޮޅު ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ.

ޖޯޖިއޯސް ޑޯނިސްގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ސަޢޫދީ ޓީމުން މެޗު ވަރުގަދަކޮށް ފެށިއިރު، އޭގެ ދެ މިނެޓު ފަހުން ފިރާސް އަލް ބްރިކާން ވަނީ ގާތުން ފޮނުވާލި ހަމަލާއަކުން ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

މީގެ އިތުރުން، ސާލިހް އަބޫ އަލްޝަމާތު ފޮނުވާލި ބޯޅައެއް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ބޭރުވުމުން، ތިންވަނަ ލަނޑެއް ކާމިޔާބުކުރުމާ އެ ޓީމު ވަނީ ވަރަށް ގާތަށް ގޮސްފަ އެވެ.

މެޗުގެ 38 ވަނަ މިނެޓުގައި ޔޫއޭއީއަށް ޕެނަލްޓީއެއް ދިނުމަށް ރެފްރީ ނިންމި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު އެ ނިންމުން ވަނީ ބަދަލުކޮށްފަ އެވެ.

ދެވަނަ ހާފުގައި ޔޫއޭއީގެ ސުލްޠާން އަދިލް ގާތުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ސަޢޫދީގެ ކީޕަރު މުހައްމަދު އަލް އުވައިސް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ. އަދި މެޗު ނިމެން ދަނިކޮށް 88 ވަނަ މިނެޓުގައި ޔޫއޭއީގެ ފޯވާޑް ފަބިއޯ ލީމާ ފޮނުވާލި ހަމަލާ ގޯލުގެ ދަނޑީގައި ޖެހި ނާކާމިޔާބުވިއިރު، މުޅި މުބާރާތް ސަޢޫދީ ޢަރަބިއްޔާއިން ނިންމާލީ އެއްވެސް ލަނޑެއް ބައިކޮޅަށް ވަނަނުދީ ސާފު ރެކޯޑަކާއެކުގަ އެވެ.

މިއީ ސަޢޫދީ ޢަރަބިއްޔާއިން ގަލްފް ކަޕް ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. އަދި މިއީ 2004 ވަނަ އަހަރަށްފަހު އެ ގައުމުން މި މުބާރާތުގެ ތަށި އުފުލާލި ފުރަތަމަ ފަހަރުވެސްމެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.