ޑިމަރިއާ ހޯދުމުގެ މަސައްކަތް ޗެލްސީން ފަށައިފި.

ގްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ މިޑްފިލްޑަރު އެންހަލް ޑިމަރިއާ ހޯދުމަށް އިނގިރޭސި ކުލަބު ޗެލްސީން މަސައްކަތް ފަށައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ސީޒަނަށްފަހު ޑިމަރިއާ ޕީއެސްޖީ ދޫކޮށްލާނެއެވެ. އަދި އަންނަ އަހަރު ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ޑިމަރިއާ އެނބުރި ޕްރިމިއާ ލީގަށް ދާނެއެވެ. އެގޮތުން އޭނާ ޗެލްސީ އަށް ބަދަލުވުމާ މެދު ވަރަށް އަވަހަށް މަޝްވަރާތައް ފަށާނެ ކަމަށްވެސް ރިޕޯޓުގައި ބުނެގައިވެއެވެ.

އިޝްތިހާރު Below Header ad

2015 އަހަރު މެންވެސްޓާ ޔުނައިޓެޑުން ޑިމަރިއާ ޕީއެސްޖީ އަށް ބަދަލުވީ 44 މިލިއަން ޕައުންޑަށް ހަތަރު އަހަރުގެ މުއްދަތަކަށެވެ. އެގޮތުން ޕީއެސްޖީ ގައި އޭނާ މޮލުކުލުމެއް ދައްކަމުން އަންނަކަންވެސް ފާހަގަކޮށްލެވެއެވެ. އެހެން ކަމުން ރިޕޯޓުތަށް ބުނާގޮތުން ކްލަބުން އޭނާ ދޫކޮށްލާނެ ކަމަށް ނުބެލެވެއެވެ.

ޑިމަރިއާ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި އެންމެ ކާމިޔާބު ސީޒަންތައް ހޭދަކޮށްފައިވަނީ ރެއާލް މެޑްރިޑްގަ އެވެ. އެގޮތުން އޭނާ ވަނީ އެކްލަބަށް 2010 ވަނަ އަހަރު ބަދަލުވެ ކުޅުނު 191 މެޗުގައި 36 ލަނޑު ކާމިޔާބުކޮށްފަ އެވެ.

ރެއާލްއާ އެކު އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕާ ކަޕް، ސްޕެނިޝް ލަލީގާ، ކޮޕާ ޑެލްރޭ ދެފަހަރު އަދި ސްޕެނިޝް ސުޕާކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. މީގެއިތުރުން އޭނާ ވަނީ އާޖެންޓީނާގެ 20 އަހަރުން ދަށުގެ ޓީމާއެކު ފީފާ ވޯލްޑްކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.