ޔާސީން ސޫރަތުގެ ތަފްސީރު 8

قِيلَ ادْخُلِ الْجَنَّةَ ۖ قَالَ يَا لَيْتَ قَوْمِي يَعْلَمُونَ 26

އަންގަވާނެތެވެ. ތިބާ ސުވަރުގެއަށް ވަންނާށެވެ! އޭނާ ބުނާނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއަށް ފާފަފުއްސަވައި، މާތްކުރައްވާފައިވާ މީހުންގެ ތެރެއިން، އެކަލާނގެ ތިމަން ލެއްވިގޮތް، ތިމަންގެ قوم ގެމީހުން ދަންނާނެނަމަ ކިހާރަނގަޅުހެއްޔެވެ؟

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޚުލާޞާ ތަފްސީރު:
26-27  – އެކަލޭގެފާނު ޝަހީދުވުމަށްފަހު، އެކަލޭގެފާނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން ބުނެވުނެވެ: ”ކަލޭގެފާނު ސުވަރުގެއަށް ވަދެވަޑައިގަންނަވާށެވެ.“ އެކަލޭގެފާނު ސުވަރުގެއަށް ވަދެވަޑައިގެން އެތަނުގެ ނިޢުމަތްތައް ފެނިވަޑައިގަތުމުން ވިދާޅުވިއެވެ: ”އަހުރެންގެ ބަސް ދޮގުކޮށް އަހުރެން ގަތުލުކުރި އަހުރެންގެ ގައުމުގެ މީހުންނަށް، އަހުރެންގެ ފާފަ ފުއްސަވައި، އަހުރެންގެ ވެރިރަސްކަލާނގެ އަހުރެންނަށް ދެއްވި މަތިވެރި އިއްޒަތް އެނގޭނެ ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ! އެއީ އަހުރެން އީމާންވި ފަދައިން އެމީހުންވެސް އީމާންވެ، އަހުރެންނަށް މިލިބުނު ފަދަ ދަރުމައެއް އެމީހުންނަށްވެސް ލިބުމަށްޓަކައެވެ.“

ޖަލާލައިނި ތަފްސީރު:
އެކަލޭގެފާނު އަވަހާރަވީ ވަގުތު ”ސުވަރުގެއަށް ވަދެވަޑައިގަންނަވާށޭ“ ބުނެވުނެވެ. އަދި ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި އެކަލޭގެފާނު ސުވަރުގެއަށް ވަދެވަޑައިގަތީ ދިރިހުންނަވަނިކޮށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ”އަހުރެންގެ ގައުމުގެ މީހުންނަށް އެނގޭނެ ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ!“

ސާޢަދީ ތަފްސީރު:
އެކަލޭގެފާނަށް ވަގުތުން ބުނެވުނެވެ: ”ސުވަރުގެއަށް ވަދެވަޑައިގަންނަވާށެވެ.“ އެކަލޭގެފާނުގެ ތައުޙީދުކަމާއި އިޚްލާޞްތެރިކަމުގެ ސަބަބުން ލިބިވަޑައިގަތް މަތިވެރި ދަރަޖައިގެ ވާހަކަ އެކަލޭގެފާނު ދެންނެވިއެވެ. އަދި ދުނިޔޭގައި އުޅުއްވި އިރުވެސް އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ނަޞޭޙަތްތެރިވި ފަދައިން، އަވަހާރަވުމަށްފަހުވެސް އެމީހުންނަށް ހެޔޮއެދިވަޑައިގެން ވިދާޅުވިއެވެ: ”އަހުރެންގެ ވެރިރަސްކަލާނގެ އަހުރެންނަށް ފާފަ ފުއްސެވިކަން އަހުރެންގެ ގައުމުގެ މީހުންނަށް އެނގޭނެ ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ!“

بِمَا غَفَرَ لِي رَبِّي وَجَعَلَنِي مِنَ الْمُكْرَمِينَ 27

އަންގަވާނެތެވެ. ތިބާ ސުވަރުގެއަށް ވަންނާށެވެ! އޭނާ ބުނާނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއަށް ފާފަފުއްސަވައި، މާތްކުރައްވާފައިވާ މީހުންގެ ތެރެއިން، އެކަލާނގެ ތިމަން ލެއްވިގޮތް، ތިމަންގެ قوم ގެމީހުން ދަންނާނެނަމަ ކިހާރަނގަޅުހެއްޔެވެ؟

ޚުލާޞާ ތަފްސީރު:
26-27 – އެކަލޭގެފާނު ޝަހީދުވުމަށްފަހު، އެކަލޭގެފާނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން ބުނެވުނެވެ: ”ކަލޭގެފާނު ސުވަރުގެއަށް ވަދެވަޑައިގަންނަވާށެވެ.“ އެކަލޭގެފާނު ސުވަރުގެއަށް ވަދެވަޑައިގެން އެތަނުގެ ނިޢުމަތްތައް ފެނިވަޑައިގަތުމުން ވިދާޅުވިއެވެ: ”އަހުރެންގެ ބަސް ދޮގުކޮށް އަހުރެން ގަތުލުކުރި އަހުރެންގެ ގައުމުގެ މީހުންނަށް، އަހުރެންގެ ފާފަ ފުއްސަވައި، އަހުރެންގެ ވެރިރަސްކަލާނގެ އަހުރެންނަށް ދެއްވި މަތިވެރި އިއްޒަތް އެނގޭނެ ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ! އެއީ އަހުރެން އީމާންވި ފަދައިން އެމީހުންވެސް އީމާންވެ، އަހުރެންނަށް މިލިބުނު ފަދަ ދަރުމައެއް އެމީހުންނަށްވެސް ލިބުމަށްޓަކައެވެ.“

ޖަލާލައިނި ތަފްސީރު:
”އަހުރެންގެ ވެރިރަސްކަލާނގެ އަހުރެންނަށް ފާފަ ފުއްސެވިކަމަށްޓަކައި“ އެކަލާނގެ ދެއްވި މަޢާފުގެ ސަބަބުންނެވެ. ”އަދި އެކަލާނގެ އަހުރެން އިއްޒަތްތެރިންގެ ތެރެއިން ލެއްވިއެވެ.“

ސާޢަދީ ތަފްސީރު:
އެބަހީ: އަހުރެންނަށް ފާފަ ފުއްސަވައި، ހުރިހާ ބާވަތެއްގެ ޢަޛާބަކުން އަހުރެން ސަލާމަތްކުރައްވައި، ތަފާތު ގިނަގުނަ ދަރުމަތަކާއި އުފާވެރި ނިޢުމަތްތަކުން އިއްޒަތްތެރި ކުރެވުނު މީހުންގެ ތެރޭގައި އަހުރެން ލެއްވިކަމެވެ. އެމީހުންގެ ހިތްތަކަށް މިކަމުގެ މަޢުލޫމާތު ވާޞިލުވި ނަމަ، އެމީހުން ޝިރުކުގެ މަތީގައި ދެމިނުތިބީހެވެ.

وَمَا أَنزَلْنَا عَلَىٰ قَوْمِهِ مِن بَعْدِهِ مِن جُندٍ مِّنَ السَّمَاءِ وَمَا كُنَّا مُنزِلِينَ 28

އޭނާއަށްފަހު، ތިމަންރަސްކަލާނގެ އޭނާގެ قوم ގެމީހުންގެ މައްޗަށް އުޑުން (ملائكة ންގެ) لشكر އެއް ބާވައެއް ނުލައްވަމެވެ. އަދި ތިމަންރަސްކަލާނގެ (އެފަދަ لشكر އެއް) ބާވައިލައްވާކަށް އިރާދައެއް ނުކުރައްވަމެވެ.

ޚުލާޞާ ތަފްސީރު:
އެކަލޭގެފާނުގެ ބަސް ދޮގުކޮށް، އެކަލޭގެފާނު ގަތުލުކުރި މީހުން ހަލާކުކުރެއްވުމަށްޓަކައި މަލާއިކަތުންގެ ލަޝްކަރެއް ތިމަންރަސްކަލާނގެ އުޑުން ބާވައެއް ނުލައްވަމެވެ. އަދި އުއްމަތްތައް ހަލާކުކުރެއްވުމަށްޓަކައި މަލާއިކަތުން ބާވައިލެއްވުމަކީ ތިމަންރަސްކަލާނގެ އާދަފުޅެއް ނޫނެވެ.

ޖަލާލައިނި ތަފްސީރު:
އެކަލޭގެފާނު (ލޮބުވެތި އަޅާ) އަވަހާރަވުމަށްފަހު، އެމީހުން ހަލާކުކުރެއްވުމަށްޓަކައި އުޑުން މަލާއިކަތުންގެ ލަޝްކަރެއް ބާވައިލެއްވުމެއް ނުވެއެވެ. އަދި އެއްވެސް ބަޔަކު ހަލާކުކުރެއްވުމަށް މަލާއިކަތުން ބާވައިލައްވާކަށް ނުޖެހެއެވެ.

ސާޢަދީ ތަފްސީރު:
އެ ގައުމުގެ މީހުންނަށް ދެއްވި ޢަޛާބާ ބެހޭގޮތުން ﷲ ވަޙީކުރެއްވިއެވެ: ”އަދި އެކަލޭގެފާނަށްފަހު އެ ގައުމުގެ މީހުންގެ މައްޗަށް އުޑުން އެއްވެސް ލަޝްކަރެއް ތިމަންރަސްކަލާނގެ ބާވައެއް ނުލައްވަމެވެ.“ އެބަހީ: އެމީހުންނަށް އަދަބު ދެއްވުމަށްޓަކައި އުޑުން ލަޝްކަރެއް ބާވައިލައްވައި، އެފަދަ ތަކުލީފެއް އުފުއްލަވާކަށް އެކަލާނގެއަށް ޖެހިވަޑައެއް ނުގަނެއެވެ. އެއީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމާއި، އާދަމުގެ ދަރިންގެ ނިކަމެތިކަމުގެ ސަބަބުންނެވެ. ﷲގެ ޢަޛާބުގެ ތެރެއިން އެމީހުންނަށް ކުރިމަތިވާ އެންމެ ކުޑަ މިންވަރުވެސް އެމީހުން ހަލާކުވެދިއުމަށް ފުދެއެވެ.

ނުނިމޭ…

މިއީ surahquran.com ގައި ލިޔެފައިވާ ލިޔުމެއްގެ ދހިވެހި ތަރުޖަމާ އެވެ.

އާޔަތްތަކުގެ ދިވެހި ތަރުޖަމާ ނަގާފައިވާނީ tanzil.net އިންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.