ތުރުކީއާ ދެކޮޅަށް ކުޅޭ މެޗަށް އެމްބާޕޭ އަންނާނެ – ކޯޗު ޒިދާން

މިދިޔަ ބުރާސްފަތި ދުވަހު އިޓަލީ އަތުން ފްރާންސް ބަލިވި މެޗަށް ފަހު އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނި ގޮތުގައި އަންނަ އަންގާރަ ދުވަހު ކުޅޭ މެޗުގައި ކީލިއަން އެމްބާޕޭ އަލުން ކުޅުމަށް އެނބުރި އަންނާނެ ކަމަށް ބެލެވެ އެވެ.

ފަލަމަސްގަނޑަށް ލިބުނު ތަދެއްގެ ސަބަބުން ރިއަލް މެޑްރިޑްގެ ފޯވާޑް ފްރާންސް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައި ނުވި ނަމަވެސް ނޭޝަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ތުރުކީއާ ދެކޮޅަށް އޭނާ ކުޅޭނެ ކަމަށް ބެލެވޭ ކަމަށް ޒިދާން ހާމަކުރި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފްރާންސްގެ ޓީވީ ޗެނަލެއް ކަމަށްވާ TF1 އަށް ދިން އިންޓަވިއުއެއްގައި ޒިދާން ބުނީ ”އަހަރެން އުންމީދު ކުރަނީ އޭނާ ކުޅޭނެ ކަމަށް، އޭނާ ޓީމާއެކު މަޑުކުރީ ވެސް އެ ސަބަބަށްޓަކައި،“ ކަމަށެވެ.

މިއީ މާ ސީރިއަސް އަނިޔާއެއް ކަމަށް ގަބޫލުނުކުރާ ކަމަށާއި، އޭނާ ބޭނުންވަނީ އެމްބާޕޭ މެޗުގައި ބޭނުންކުރުން ކަމަށް ވެސް ޒިދާން ބުންޏެވެ.

މިލާންގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި މެޗަކީ މިދިޔަ ޖުލައި މަހު ޤައުމީ ޓީމާ ހަވާލުވި ފަހުން ޒިދާނަށް ކުރިމަތިވި ފުރަތަމަ ނާކާމިޔާބީ އެވެ.

މެޗަށް ފަހު ޒިދާން ބުނީ ”ހާސްވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އަހަރެން ކުޅުންތެރިން ގާތު ބުނިން. އަހަރެމެންނަށް ގޯލު ޖަހާނެ ފުރުސަތުތައް ލިބި ބޯޅަ ކޮންޓްރޯލް ކުރެވުނު ނަމަވެސް، ޑިފެންސްގައި ކޮންމެވެސް ވަރަކަށް ބަލިކަށިކޮށް ފެނުނީ،“ ކަމަށެވެ.

ލީގު އޭގެ ގްރޫޕް 1 ގެ ދެވަނައިގައި ފްރާންސް މިހާރު އޮތީ 10 ޕޮއިންޓާއެކުގަ އެވެ.

މިއީ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރުގެ ޕޮއިންޓް އަދަދެކެވެ. ތިންވަނައިގައި އޮތް ބެލްޖިއަމަށް ވުރެ ފްރާންސް އޮތީ އެއް ޕޮއިންޓް ކުރީގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.