އަންނަ ހޮނިހިރު ދުވަހު ބާއްވާ ބައި-އިލެކްޝަންތައް

ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރުމަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ، ހއ. ވަށަފަރު، ވ. ތިނަދޫ، އަދި އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ބާއްވާ ބައި-އިލެކްޝަން 2026 ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ކުރިއަށްދާނެއެވެ. އެގޮތުން  މިހާރު ކުރިއަށްދަނީ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2026 އަށް ތައްޔާރުވުމަށްޓަކައި އެންމެ ފަހުގެ އިންތިޒާމުތަކުގެ މަސައްކަތްތަކެވެ.

ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަނުގައި ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 1 ކެންޑިޑޭޓާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ 1 ކެންޑިޑޭޓްއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނުގައި ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރާނީ އަމިއްލަގޮތުން ކުރިމަތިލި 1 ކެންޑިޑޭޓާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ 1 ކެންޑިޑޭޓްއެވެ. އައްޑުއަތޮޅު އައްޑޫ ހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ 1 ކެންޑިޑޭޓާއި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 1 ކެންޑިޑޭޓު ވާދަކުރާނެއެވެ. އަދި ވ. ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އަމިއްލަގޮތުން ކުރިމަތިލި 1 ކެންޑިޑޭޓާއި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 1 ކެންޑިޑޭޓު ވާދަކުރާނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ބައި-އިލެކްޝަނުގައި އަތޮޅުތެރޭގައި 5 ވޯޓުފޮށި އަދި ގްރޭޓަރ މާލެ ސަރަޙައްދުގައި 5 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހއ. ވަށަފަރު އަދި ވ. ތިނަދޫގައި ޤާއިމުކުރާ ވޯޓުލާ މަރުކަޒު ހުންނާނީ އެ ރަށެއްގެ ސްކޫލުގައެވެ. އަދި ސ. ހުޅުދޫގައި ޤާއިމުކުރާ 3 ވޯޓުލާ މަރުކަޒުތައް ހުންނާނީ ހުޅުދޫ ކޮމިއުނިޓީ ސެންޓަރުގައެވެ. އަދި މާލޭގައި ޖަމާލުއްދީން ސްކޫލުގައި 4 ވޯޓުލާ މަރުކަޒުގެ އިތުރުން ހުޅުމާލެ ފޭސް 1، ސީ.އެޗް.އެސް.އީ ހޯލްގައި 1 މަރުކަޒު ޤާއިމްކުރެވޭނެއެވެ.

ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ 81 އޮފިޝަލުންނަށް ބައި-އިލެކްޝަނާގުޅޭ މަޢުލޫމާތު ދިނުމަށާއި އޮފިޝަލުން އަމަލުކުރަންވީގޮތާގުޅޭ ގޮތުން އަމަލީ ތަމްރީން ޕްރޮގްރާމެއް ވަނީ ހިންގާފައެވެ. އަދި އިންތިޚާބުގެ ކަންކަން ކުރިއަށްދާ ގޮތް ބެލެހެއްޓުމުގައި ބައިވެރިވާ މޮނިޓަރުން، އޮބްޒާވަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް އޮންލައިންކޮށް މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އަދި މި ބައި-އިލެކްޝަނުގައި 100އަށްވުރެ ގިނަ ފަރާތަކުން މޮނިޓަރުން، އޮބްޒާވަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ބައި-އިލެކްޝަން ކުރިއަށްދާއިރު ހަރަކާތްތެރިވާނެއެވެ.

2026 ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާ ނުވަތަ މައްސަލަތައް ފޮނުވަން ބޭނުންވާ ފަރާތްތަކަށް ”ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު“ މެދުވެރިކޮށް complaints@elections.gov.mv ފޮނުވުމަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. ފޯމު މި ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވޯޓުނެގުމަށް ހަމަޖެހިފައިވާ، ދުވަހު، ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ސީދާ ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ/މައްސަލަ ހުށަހެޅޭނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހުގެ 8:00 ން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 ނޮވެންބަރު 30 ވާ ހޯމަ ދުވަހުގައެވެ.

ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.