
ޒީނިޔާއަކީ ފިސާރި ކަނބަލެއް
އެމްޑީޕީން 27 ނޮވެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި އަންހެނުންގެ ރޫޙުގެ މެންބަރު ކަމަށް ވާދަކުރައްވާ ޒީނިޔާ ޒާހިރަކީ އެއްގޮތަކަށްވުރެ ގިނަ ގޮތްގޮތުން ނަމޫނާ ކަނބަލެކެވެ.
ޒީނިޔާ (އޯކޭ) ޒާހިރު އޭ ބުނީމަ ޔަގީންވާ ކަމަކީ، މުޖްތަމަޢުގައި އަންހެނުން ޒިންމާދާރު ކުރުވުމާއި ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ލީޑަރެއްކަމެވެ.
ޒީނިޔާގެ ބައްޕަ (އޯކޭ ޒާހިރު رحمه الله) އަކީ ޤައުމަށް ހެޔޮބަދަލުތަކެއް ގެނައުމަށް އެމްޑީޕީގައި ވަރަށް އިސްކޮށްއުޅުންވިބޭފުޅެކެވެ.
މިއަދު ބައްޕަ (އޯކޭ ޒާހިރު رحمه الله)ގެ ހިންގުން ނަމޫނާއަކަށް ބަލައިގެން އެމްޑީޕީ އިތުރަށް ހަރުދަނާކޮށް އިތުރު ކާމިޔާބީ ހޯދައިދިނުމަށް ޒީނިޔާ ހުރީ ފޫގަޅަލާފަ އެވެ.
ޒީނިޔާއަކީ ތަފާތު ސަޚްސިއްޔަތެއް
ސްޕޯޓްސް މިނިސްޓްރީގެ ސްޕޯޓްސް ޑިޕާޓްމަންޓްގެ ހެޑުގެ މަޤާމާއި އެންޓި ޑޯޕިންގ ގެ ޑިރެކްޓަރ ކަމުގެ މަޤާމާއި މެލޭޝިއާ އެންބަސީގެ ސެކަންޑް ސެކްރަޓަރީ ގެ މަޤާމުގެ އިތުރުންވެސް ސަރުކާރުގެ އެކި މަޤާމުތައް ވަނީ ޒިންމާދާރުކަމާއެކު ފުރުއްވާފަ އެވެ.
އިސްތަށިގަނޑާއި ރީތިކަމާއި މޫނުމަތީގެ ދުޅަހެޔޮކަމަށް މަސައްކަތްކުރުމަކީ ޒީނިޔާގެ ހޮބީއެކެވެ. އެހެންނަމަވެސް މިވަރަކުން އަދި ނުފުދުނެވެ. ހޮބީ ބަދަލުވީ ޚިދުމަތަކަށެވެ. ބޮޑު މުއައްސަސާއަކަށެވެ.
ޕްރޯ އޭޖް އެސްތެޓިކްސް އެކަޑަމީ ވުޖޫދުކޮށްް ނިއޯ ލިފްޓިންގ އާއި، ބަކަލް މަސާޖް އާއި، ލޮލުގެ ރީތިކަމާއި ދުޅަހެޔޮކަމަށް ޚާއްޞަ ތަމްރީނުތައް ހޯދައި އެހެނިހެން ކަނބަލުންނަށް މިކަން ދަސްކޮށްދީ ޚިދުމަތް ދޭން ފެށީއެވެ. އެގޮތުން ދިވެހިރާއްޖޭގައި ނިއޯ ލިފްޓިން އަދި ބަކަލް މަސާޖް ތެރަޕިސްޓަކަށް ވުމުގެ ޝަރަފު ހޯދާފައިވެ އެވެ.
އިޙްތިރާމާާ ޤަދަރުވެރިކަމާއެކު މަސައްކަތްކޮށްފިއްޔާ އަންހެނުނަކީ ވިޔަފާރީގެ މައިދާނުގައިވެސް ފިސާރި ކަނބަލުންކަން ޒީނިޔާ ސާބިތުކޮށްދިނެވެ.
”ކާމިޔާބީއަކީ އެއް ކަމަކުން ނުވަތަ އެއް ލަގަބަކުން ކަނޑައެޅޭނެ އެއްޗެއް ނޫން، އެއީ އުނގެނުމުގައި ދެމިހުރުމާއި އާ ފުރުސަތުތައް ބަލައިގަތުމާއި ތަފާތު މިޒާޖުގެ މިހުނާއެކު ތަފާތު ދާއިރާތަކުން ކުރިއަަށް ދިއުމުގެ ހިތްވަރު ލިބިގަތުން“، ޒީނިޔާ
ޒީނިޔާ، ޒުވާން އަންހެން ކުދިންނަށް ދޭ މެސެޖަކީ، ކާމިޔާބީއަށް ވާޞިލުވުމުގައި ޒިންމާއާއި ޝައުގުވެރިކަމުގެ ތެރެއިން ވަކިކަމެއް އިޚްތިޔާރު ކުރަން ނުޖެހޭނެ ކަމެވެ. އަދި އަންހެނަކަށްވީތީ ފަސްނުޖެހި ޤައުމުގެ ކަންކަމައިގެން ކެރިގެން ނިކުމެ، ހިތްވަރާއެކު މަސައްކަތްކޮށް، ބިނާކުރަނިވި މުސްތަޤަބަލެއް ހޯދުމަށް މަސައްކަތްކުރުމަށެވެ.
މިހާރު މަސައްކަތްކުރަމުން އަންނަނީ އެވިޑް ކޮލެޖްގެ ޑީރެކްޓަރ ޖެނެރަލް، ބިސްނަސް ޑިވޮލޮޕްމެންޓް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑީވްސްގެ ޚަޒާންދާރުގެ މަޤާމުގަ އެވެ.
ޒީނިޔާގެ މަސައްކަތުގެ މިބުރަ ޝެޑިއުލްތެރެއިން ވަގުތު ހުސްކޮށްގެން މިހާރު ކުރިމަތި ލައިގެން އެހުރީ، ޤައުމު ބިނާކުރުމަށް، ފަރުދީ ޒިންމާ އަދާކުރުމަށެވެ.
ޒީނިޔާގެ ކެންޑިޑޭޓް ނަންބަރަކީ 16 އެވެ. ޒީނިޔާ އެދެނީ އޭނާއަށް އިތުބާރުކޮށް، 27 ނޮވެމްބަރުގައި އޮންނަ އެމް.ޑީ.ޕީގެ އެތެރޭގެ އިންތިޚާބުގައި ވޯޓުދެއްވާ އަންހެނުންގެ ރޫޙުގެ މެންބަރުކަމަށް އިންތިޚާބު ކޮށްދިނުމެވެ. މެންބަރުން ޒީނިޔާއަށް ދޭ ވޯޓަކީ އެކަމަށްޓަކައި ފަޚުރުވެރިވާނެ ވޯޓަކަށް ވާނެކަމުގެ ޔަގީންކަން އޭނާ ދެއެވެ.
އެޓޯލް ނިއުސް އިން އެދެނީ ޒީނިޔާގެ މަސައްކަތުގައި ބަރަކާތްލައްވަވާ ފާގަތި، ފަހި މުސްތަޤްބަލެކެވެ.



