ޚަބަރު ފީތާ

މެގަ މޯލްޑިވްސް އިން އަވަށްޓެރި ލަންކާއަށް ދަތުރުތައް ފަށަނީ..

ރާއްޖޭގައި އޮޕަރޭޓްކުރާ އެންމެ ބޮޑު އަމިއްލަ އެއަރލައިން މެގަ މޯލްޑިވްސް އިން އަވަށްޓެރި ސްރީލަންކާ އާ ރާއްޖެއާ ދެމެދުގެ ދަތުރުތައް ފަށަން ނިންމައިފިއެވެ.

އެގޮތުން ލަންކާއަށް ދާ އެ އެއަރލައިންގެ ފުރަތަމަ ބޯޓު ކޮލަމްބޯއަށް ދިއުމަށް މާލެއިން ފުރާނީ ރާއްޖެ ގަނޑިން މެންދުރު 1:10 ގައި  ކަމަށް މެގަ މޯލްޑިވްސް އިން ބުންޏެވެ.

ކޮންމެ ހަފްތާއަކުވެސް ހޮނިހިރު، ހޯމަ އަދި ބުރާސްފަތި ދުވަހު ލަންކާއަށް ދަތުރު ކުރުމަށް ނިންމާފައިވާ އިރު،
ދެކޮޅު ޓިކެޓްގެ އަގު ފެށުމަށް ހަމަޖެހިފައިވަނީ 165 ޑޮލަރުން ކަމަށާއި އެއްކޮޅު ޓިކެޓެއްގެ އަގު އުޅޭނީ 70-96 ޑޮލަރާ ދެމެދުގެ އަގެއްގައި ކަމަށްވެސް މެގަ މޯލްޑިވްސް އިން ބުންޏެވެ.

އެ އެއަރލައިން އިން މެލޭޝިއާ، ޗައިނާ އަދި ސަޢޫދީ ޢަރަބިއާއަށް ދަތުރުތައް ކުރިނަމަވެސް ސަޢޫދީގެ ދަތުރުތައް މިވަގުތައް ވަނީ މެދުކެނޑިފައެވެ. އެހެންނަމަވެސް އަންނަ މަހުގެ 15 ހިސާބުގައި އަލުން ސަޢުދީއަށް ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށާއޮ އިންޑިއާގެ ނިއުދިއްލީއަށްވެސް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް މެގަ މޯލްޑިވްސް އިން ބުންޏެވެ.

 

Rate this post