”އައްޑޫ ބިޒްނަސް ޑައިލޮގް“ ފަށައިފި

އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކުރިމަގު ބައްޓަންކުރުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ ”އައްޑޫ ބިޒްނަސް ޑައިލޮގް“ ރަސްމީކޮށް ފަށައިފިއެވެ.

މި މަހުގެ 13 އިން 14 އަށް ކުރިއަށްގެންދާ މި ބައްދަލުވުމަކީ މާލޭގެ އިތުރުން ރާއްޖޭގެ އަތޮޅުތެރޭގެ އިޤުތިޞާދު ވަރުގަދަކޮށް، ވިޔަފާރިތަކަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ. މިއީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހިންގާ ވިޔަފާރިތަކުގެ ބައިވެރިވުން އިޤުތިޞާދީ ހަރަކާތްތަކުގައި އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހާއްސަ ތަޞައްވުރުގެ ދަށުން އިންތިޒާމުކުރެވިފައިވާ ހަރަކާތެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޑައިލޮގްގެ ތެރެއިން އައްޑޫ ސިޓީގެ ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމުގައި ވިޔަފާރިވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުގެ އަމާޒަކީ މިފަދަ ބައްދަލުވުންތަކުގެ އެހީގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި އިޤުތިޞާދީ ފުރުޞަތުތައް ފުޅާކޮށް، އިޤުތިޞާދު ވަރުގަދަކުރުމެވެ. މި މަސައްކަތުގެ ސަބަބުން އައްޑޫ ސިޓީގެ އިޤުތިޞާދީ ދުވެލި ހަލުވިވެ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.