ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރުން މާދަމާ، އެންމެހާ އިންތިޒާމުތަކެއް ފުރިހަމަ!

1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ދިވެހިރާއްޖެއިން ވަޑައިގަންނަވާ ޙައްޖާޖީންގެ ފުރަތަމަ ގުރޫޕު މާދަމާ މެންދުރުފަހު ފުރުމަށް ވަނީ ހަމަޖެހިފައެވެ.

ފުރަތަމަ ފްލައިޓުގައި 235 ޙައްޖުވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، ސަޢުދީ އެއާލައިނުގައި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ 15:25 ގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއަހަރުވެސް ދިވެހި ޙައްޖުވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތަކުގެ ތެރެއިންނެވެ. އެގޮތުން ޙައްޖުވެރިން ފުރުމަށްޓަކައި ރާއްޖޭގައި ވާން ޖެހޭ ތައްޔާރީތަކުގެ ތެރޭގައި ހިމެނޭ މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ވަނީ ފުރިހަމަކޮށްފައެވެ.

މީގެ އިތުރުން، ދިވެހި ޙައްޖުވެރިން މައްކާއަށް ދިއުމުގެ ކުރިން މައްކާގައި ފުރިހަމަ ކުރަންޖެހޭ އެންމެހާ އިންތިޒާމުތަކެއްވެސް ޙައްޖު ކޯޕަރޭޝަނުން މިހާރު ވަނީ ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި ދިވެހި ޙައްޖުވެރިން ތިބޭ ހޮޓަލުގެ އިންތިޒާމުތަކާއި، އެތެރޭގެ ދަތުރުފަތުރާއި އަދި މިނާއާއި ޢަރަފާތުގައި ފުރިހަމަ ކުރަން ޖެހޭ އެންމެހާ އިންތިޒާމުތަކެއްވެސް މުޠައްވިފާއި ގުޅިގެން ފުރިހަމަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

އަދި މައްކާގައި ކުރިއަށްދާ މި މަސައްކަތްތައް ދިވެހި ޙައްޖު މިޝަނުން ގާތުން ބަލަމުންދާއިރު، ޙައްޖުވެރިންނާއި ގުޅޭ އެކިކަންކަމުގައި މަޝްވަރާ ކުރުމަށް ޙައްޖު މިޝަނުން ސަޢުދީ ޢަރަބިއްޔާގެ އެކި އިދާރާތަކާއި ބައްދަލުކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާ ވުޒާރާ ފާހަގަކޮށްލެވެއެވެ.

މިއަހަރަކީވެސް ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތްތަކެއް ދެވިގެންދާނެ އަހަރަކަށް ހެދުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އަދި ޙައްޖު ކޯޕަރޭޝަން ގުޅިގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.