އެއަރ ސީޝެލްސް އިން ރާއްޖެ ހިމެނޭގޮތަށް އިތުރު ގައުމަށް ޑައިރެކްޓް ދަތުރުތައް ފަށަނީ

އެއަރ ސީޝެލްސް އިން ރާއްޖެ ހިމެނޭގޮތަށް އިތުރު ގައުމަށް ޑައިރެކްޓް ދަތުރުތައް ފަށަން ނިންމައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސީޝެލްސްގެ ގައުމީ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށާނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ.

އިޝްތިހާރު Below Header ad

ސައުތު އެފްރިކާގެ އެންމެ ބޮޑު ސިޓީ، ޖޮހެނެސްބަރގް އިން މާލެއަށް، މި ދަތުރުތައް ކުރާނީ ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަހު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އަދި މި ރޫޓުގައި ޝީސެލްސްގައި ޓްރާންސިޓް ކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ރިޕޯޓުތައް ބުނާގޮތުން މާލެއިން ޖޮހެނެސްބަރގަށް ފްލައިޓް ބާއްވާނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު އެވެ.

އެ އެއަރލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރަން ފަށާ އިރު، މިއަހަރުގެ އާ އަހަރާ ދިމާކޮށްވެސް ސައުތު އެފްރިކާއާ ރާއްޖެއާ ދެމެދު ހަފުތާއަކު އެއްދަތުރު އެ އެއަރލައިނުން އަންނަނީ ބާއްވަމުން ނެވެ.

ކޮވިޑުގެ ހާލަތު ގޯސް ވެ، ދަތުރުފަތުރު ކުރުމަށް ހުރަސްތަކެއް ދިމާވެފައިވީނަމަވެސް ހާލަތު ރަނގަޅުވަމުން އަންނަ ގައުމުތަކުން ދަތުރުފަތުރު ކުރުމުގައި ލުއިތަކެއް އަންނަނީ ދެމުންނެވެ.

އެގޮތުން އަހަރަކަށްފަހު ސައުދީ އަރަބިއްޔާގެ ރައްޔިތުންނަށް އެގައުމުން ބޭރަށް ދިއުމުގެ ފުރުސަތު ހުޅުވާލުމުން، އެގައުމުގެ ގައުމީ އެއަރލައިންސް، ސައުދިއާ އިން ވަނީ މިމަހުގެ 20 އިން ފެށިގެން ރާއްޖެއަށް ދަތުރުތައް ފަށައިފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.