ޚަބަރު ފީތާ

މިއަހަރުގެ މިސް ޔުނިވަރސްއަކީ މެކްސިކޯގެ ރީތީގެ ރާނީ

HOLLYWOOD, FLORIDA - MAY 16: Miss Mexico Andrea Meza is crowned Miss Universe 2021 onstage at the Miss Universe 2021 Pageant at Seminole Hard Rock Hotel & Casino on May 16, 2021 in Hollywood, Florida. (Photo by Rodrigo Varela/Getty Images)

މިއަހަރުގެ މިސް ޔުނިވަރސް ގެ މަގާމަށް މެކްސިކޯގެ ރީތީގެ ރާނީ އަންޑްރޭއާ މޭޒާ ހޮވިއްޖެ އެވެ.

މިސް ޔުނިވަރސް 2021 ފިނާލޭ ބާއްވާފައިވަނީ ފޮލްރިޑާގައި މިއަދު އެވެ.

މިސް ޔުނިވަރސްގެ ތާޖު އަންޑްރެއާގެ ބޮލުގައި އަޅުވައިދީފައިވަނީ ފައިބެއަހަރުގެ މިސް ޔުނިވަރސް ސައުތު އެފްރިކާގެ ރީތީގެ ރާނީ ޒޮޒިބީ ޓުންޒީ އެވެ.

މިއިވެންޓުގައި، ގައުމުގެ ވެރިއެއްގެ ހައިސިއްޔަތުން ކޮވިޑުގެ ބަލިމަޑުކަމުން ގައުމު ސަލާމަތްކުރުމަށް އަޅާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ސުވާލު ކުރުމުން އަންޑްރޭއާ ބުނީ މި ނުރައްކާތެރި ކޮވިޑުގެ ބަލިމަޑުކަން ހުއްޓުމަށް އެންމެ ރަނގަޅު ހައްލެއް ނުނެރެވޭނެ ކަމަށެވެ.

” ނަމަވެސް ގައުމުގެ ހާލަތު ގޯހުން ގޯހަށް ދިއުމުގެ ކުރިން ފުރަބަންދު ކުރާންނަން. ކޮވިޑުގެ ހާލަތު ގޯސްވެ މީހުންގެ ފުރާނަ ވަނީ ވަކިވެގެން ގޮސްފަ. ރައްޔިތުންނަށް އަޅާލައި ދުރާލައި ކުރީ ބައިގައި ފިޔަވަޅުތައް އަޅާނަން.” އަންޑްރޭއާ ބުންޏެވެ.

ޢުމުރުން 26 އަހަރުގެ އަންޑްރެއާ އާ އެންމެގާތުން ވާދަކުރި ބްރެޒިލްގެ ރީތީގެ ރާނީ ޖޫލިއާ ގަމާ އަށް ލިބުނީ ފަސްޓް ރަނަރަޕް އެވެ. ދެވަނައަށް ޖެނެކް މެސީޓާ އަދި ތިން ވަނައަށް ހޮވުނީ ޑޮމިނިކަން ރިޕަބްލިކްގެ ކިމްބަލީ ޕެރެޒް އެވެ. އަދި 4 ވަނައަށް ހޮވުނީ އިންޑިއާގެ އެޑްލީން ކަސްޓެލީނޯ އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "މިއަހަރުގެ މިސް ޔުނިވަރސްއަކީ މެކްސިކޯގެ ރީތީގެ ރާނީ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.