ދަރިފުޅަށް އޯގާތެރިވުމުން ހަދިޔާއަކަށް ދިނީ ޖަމަލުތަކެއް

އެމެރިކާއަށް ޒިޔާރަތްކުރި ސައުދީގެ ޒުވާނަކަށް އެމެރިކާގެ ބަޔަކު ހެޔޮކޮށް ހިތުމުން، ޝުކުރު އަދާކުރުމުގެ ގޮތުން ޖަމަލުތަކެއް ހަދިޔާ ކޮށްފިއެވެ. ޓްވިޓާގައި އާންމުވެފައިވާ ވީޑިއޯ ވައިރަލް ވެފައިވާއިރު އޭގެން ދައްކުވައިދެނީ ސައުދީގެ ބައްޕައަކު އެމެރިކާގެ ފިރިހެނުން ތަކަކަށް ހަދިޔާގެ ގޮތުގައި 2 ޖަމަލު ދޭތަނެވެ.

ސައުދީގެ ވީޑިއޯ ބްލޮގާއެއް ކަމަށްވާ ޡަވާބް އައްސޫބާއީ ތައުލީމު ހާސިލް ކުރުމަށާއި އަދި މަސައްކަތުގެ ތަޖުރިބާ ހޯދުމަށް އެމެރިކާގެ މި އާއިލާއާއި އެކު ދިރިއުޅޭތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ. އަދި އެއާއިލާއިން ސޫބާއީއާމެދު އަމަލު ކޮށްފައި ވަނީ ވަރަށްވެސް އޯގާތެރި ކޮށެވެ.

އިޝްތިހާރު Below Header ad

ސޫބާއީ ޓްވިޓާއަށް އާންމު ކޮށްފައިވާ ވީޑިއޯއިން ފެންނަނީ ސޫބާއީގެ ބައްޕަ، ސިޑް ފްރިޓްސް ނަމަކަށް ކިޔާ އެމެރިކާ މީހާއަށް މަރުހަބާ ކިޔައި، އޭނާގެ ދަރިފުޅު އެމެރިކާގައި ހުރިއިރު ދަރިފުޅާމެދު ބެހެއްޓި އޯގާތެރިކަމަށް ޝުކުރުއަދާކޮށް ވާހަކަ ދައްކާ މަންޒަރެވެ. އަރަބި ބަހުން ދެއްކި ވާހަކަތައް ސިޑްއަށް ތަރުޖަމާ ކޮށްދިނީ ސޫބާއީއެވެ.

jamal

ދަރިފުޅާމެދު ބެހެއްޓި އޯގާތެރި ކަމަށް ޝުކުރު އަދާ ކުރަމުން ސޫބާއީގެ ބައްޕަ ބުނެފައި ވަނީ، ސައުދީ އަރަބިއްޔާގައި އެންމެ އަގުބޮޑު އެއްޗަކީ ޖަމަލު ކަމަށާއި އަދި ސައުދީ މީހުންގެ ހިތުގައި އެންމެ ލޯބި ވަނީވެސް ޖަމަލަށް ކަމަށެވެ. އެހެންކަމުން އެމީހުންގެ ހިތުގައިވާ ލޯބި ބަޔާން ކޮށްދިނުމަށް، އަދި އެމީހުންގެ އޯގާތެރިކަމަށް ހަދިޔާއެއްގެ ގޮތުން ސޫބާއީގެ އާއިލާއާއި އަދި ސައުދީ އަރަބިއްޔާގެ ފަރާތުން ލޯބީގެ ރަމްޒެއްގެ ގޮތުން ޖަމަލުތައް ހަދިޔާ ކުރާ ކަމަށެވެ.

gift

ސައުދީގެ ސަގާފަތުގައި ޖަމަލެއް ހަދިޔާ ކުރުމަކީ ދެވޭ ވަރަށްވެސް ބޮޑު ޝަރަފެކެވެ. އެއީ އެންމެ މަތީ ޝަރަފެވެ. ސައުދީ އަރަބިއްޔާގެ ތާރީޚުގައި ޖަމަލުގެ އަހައްމިއްޔަތު ކަމާއި މުހިއްމުކަން ވަރަށްވެސް ބޮޑެވެ. އަދި އެއީ “ސަހަރާގެ ސަވާރީ” ގެ ގޮތުގައި ވަނީ ނަން ދެވިފައެވެ. އިހުޒަމާނުގައި ސައުދީ ރައްޔިތުންގެ އެންމެ އަސާސީ ބޭނުންތައް ކަމުގައިވާ ދަތުރުފަތުރާއި، ކެއިން ބުއިން، އަދި ފޭރާން ތައްޔާރު ކުރުމަށް ވެސް ޖަމަލުގެ ބޭނުން ވަނީ ކޮށްފައެވެ.

މިސަބަބުތަކަށް ޓަކައި ޖަމަލު ވެފައި ވަނީ ވަރަށްވެސް އަގުބޮޑު ޖަނަވާރަކަށެވެ. އާންމު ގޮތެއްގައި ޖަމަލެއްގެ އަގު އުޅެނީ 55،000 ޑޮލަރާއި 10 މިލިއަން ޑޮލަރާއި ދެމެދުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.