ރޯދަ ބަދިގެ: ސޮސެޖް ރޯލްސް

ސޮސެޖް ރޯލްއަކީ ކުޑަ ކުދިންނަށް ވެސް އަދި ބޮޑެތި މީހުންނަށް ވެސް ކާލަން ވަރަށް މީރު އެއްޗެކެވެ. ޙާއްސަކޮށް ރޯދަ ވީއްލާ ގަޑިއަށް ތައްޔާރު ކޮށްލަން ވަރަށް ކަމުދާނެ އެއްޗެކެވެ. އެހެންކަމުން ރޯދަ ބަދިގޭގައި މިއަދު މި ގެނެސްދެނީ ވަރަށް ފަސޭހައިން ޚަރަދު ކުޑަކޮށް މީރުކޮށް ސޮސެޖް ރޯލްސް ތައްޔާރު ކޮށްލެވޭނެ ގޮތެކެވެ. މީގެން ތައްޔާރު ކުރެވޭނީ 15 ސޮސެޖް ރޯލްސްއެވެ.

ބޭނުންވާނެ ތަކެތި:

އިޝްތިހާރު Below Header ad
  • 3 ސޮސެޖު (ގަނޑު ފިލުވާފައި)
  • 1 ޖޯޑު ފުށް
  • ¼ ސައި ސަމުސާ ލޮނު
  • ހޫނު ފެންފޮދެއް (ފުށްގަނޑު މޮޑެވޭ ވަރަށް)
  • 1 މޭޒުމަތީ ސަމުސާ ތެޔޮ

މީގެ އިތުރުން ރޯލްސް ތެލުލުމަށް ވެސް ތެޔޮފޮދެއް ބޭނުން ވާނެއެވެ.

ތައްޔާރު ކުރާނެ ގޮތް:

  • އެންމެ ފުރަތަމަ ފުށާއި ލޮނު، އަދި ތެލާއި ފެން އެޅުމަށް ފަހު ފުށްގަނޑު މޮޑެލާނީއެވެ. ފުށްގަނޑު މޮޑޭއިރު ފެން އަޅާނީ މަދުމަދުން ފުށްގަނޑު ތެތްވާވަރު ބަލައިގެންނެވެ. ފުށްގަނޑު މާބޮޑަށް ދިޔާ ވެއްޖެ ނަމަ ރޯލްސް ނުހެދޭނެއެވެ. އަދި މާ ހަރު ވެއްޖެ ނަމަ ފުށްގަނޑު ދަމަން އުނދަގޫވެ ރޯލްސް ހަދަން އުނދަގޫ ވާނެއެވެ.
  • ރަނގަޅަށް ފުށްގަނޑު މޮޑެވުމުން 3 ގުޅައަށް ބައިކޮށްލާށެވެ. އެއަށްފަހު އޭގެން ފުށްގުޅަ ހަތަރެސްކަނަށް ދިގުކޮށް ދަމާލާށެވެ.
  • ފުށްގަނޑު ދަމާއިރު މާ ތުނިކޮށް ނުދެމުން ބުއްދިވެރިވާނެ އެވެ. ސަބަބަކީ މާ ތުނި ވެއްޖެނަމަ ތެލަށް ލުމުން އަވަހަށް އަނދާނެތީއެވެ.
  • ފުށްގުޅަ ހަތަރެސްކަނަށް ދަމާލުމަށް ފަހު އޭގެ މައްޗަށް ސޮސެޖެއް ލާށެވެ. އަދި ސޮސެޖް އެއްކޮށް ފޮރުވޭނެހެން ފުށްގަނޑު އޮޅާލުމަށްފަހު ދެކޮޅުން ބައްދާލާށެވެ.
  • އެއަށްފަހު ކޮންމެ ސޮސެޖެށް 5 ރޯލްސްއަށް ކަފާލާށެވެ. 3 ސޮސެޖުން 15 ރޯލްސް ނެގޭނެއެވެ.
  • ދެން ތާހެއްގައި ތެޔޮފޮދެއް ހޫނު ކޮށްލާށެވެ. ތެޔޮ ހޫނުވިތޯ ބެލުމަށް އެއަށް ކުޑަ ފުށްކޮޅެއް ލާށެވެ. ބޮކި އަރަން ފަށައިފި ނަމަ ތެޔޮގަނޑު އެހުރީ ތެލުލުމަށް ތައްޔާރުވަރަށް ހޫނު ވެފައެވެ.
  • ދެން ތައްޔާރުކޮށްފައި ހުރި ސޮސެޖް ރޯލްސް ތެޔޮގަނޑަށް އަޅައި ތެލުލާށެވެ. ތެލުލާއިރު އެއްފަހަރައި ގިނައިން ތެޔޮގަނޑަށް އެޅުން އެއީ ބުއްދިވެރި ގޮތެއް ނޫނެވެ. ސަބަބަކީ އެއްފަހަރައި ގިނައިން ތެޔޮގަނޑަށް އެއްޗެހި އެޅުމުން ތެޔޮގަނޑުގެ ހޫނުމިން ދަށްވެ ތެލުލެވޭލެއް ލަސްވެ، ރޯލްސްގެ ފުށަގަނޑަށް ތެޔޮ ވަންނަ މިންވަރު އިތުރުވާނެތީއެވެ.
  • މަޑު މުށިކުލައެއް އަރަންދެން ތެލުލުމަށް ފަހު ނަގާށެވެ. މިހާރު ތިހުރީ ސޮސެޖް ރޯލްސް ތައްޔާރު ވެފައެވެ.

 

މުހިއްމު މަޢުލޫމާތު: ތެލުލާ ހެދިކާ މުރަނަކޮށް ހުންނާނެ ގޮތެއް އެނގެން ބޭނުންތޯ؟

ހެދިކާ ތައްޔާރު ކުރުމަށް ފަހު ތެލުލަން ތެޔޮގަނޑަށް ލުމުގެ ކުރިން 1 ގަޑިއިރު ވަންދެން ފްރިޖްގެ ގަނޑުކުރާ ބައިގައި ބަހައްޓާލާށެވެ. އެއަށްފަހު ތެލުލާށެވެ. އޭރުން ހެދިކާ ހުންނާނީ ހިތްގައިމު ވަރަކަށް މުރަނަކޮށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.