ނަގަނީ އެއް އަގެއް، އެކަމަކު ގެސްޓުންނާއި ދިވެހިންނަށްދޭ ޚިދުމަތް ތަފާތު.

ރާއްޖޭގެ ބައެއް ގެސްޓު ހައުސްތަކުން ދިވެހިންނާއި ގެސްޓުން ނުވަތަ ފަތުރުވެރިންގެ އަތުން ނަގަނީ އެއް އަގެކެވެ. އެކަމަކު ދެބައިމީހުންނަށްދޭ ޚިދުމަތް ތަފާތު ވާހަކައަކީ ތުންތުންމަތިން އިވޭ އަޑެކެވެ.

އެހެންނަމަވެސް އެކަން އަމިއްލައަށް ތަޖުރިބާކޮށްލަން މިޖެހުނީ މިފަހަރުއެވެ. މީގެކުރިން އަބަދުވެސް އިވެނީ އެހެންމީހުން އެވާހަކަ ދައްކާ އަޑެވެ. ޔަޤީން ކުރެވޭނީ އަމިއްލައަށް އެކަން ތަޖުރިބާކޮށްލެވުމުންތާއެވެ.

އިޝްތިހާރު Below Header ad

އެގޮތުން އެމީހުން އެދައްކާ ވާހަކަތަކަކީ ކޮންމެވެސް ވަރެއްގެ ޙަޤީޤަތެއް އެކުލެވޭ ވާހަކަތަކެއްކަން އަޅުގަނޑަށް މިހާރު ޔަޤީން ކުރެވިއްޖެއެވެ. “އަޑެއްކިޔައިފިއްޔާ، ރެނދެއްލާނޭ” ބުނާ ބީދައިންނެވެ.

ފާއިތުވި ހަފުތާގައި އަޅުގަނޑުވެސް ޢާއިލާއާއެކު ހުޅުމާލެއަށް ދިޔައީ “ގެސްޓްހައުސް”އެއްގައި ރިޒަރވޭޝަން ހަދައިގެންނެވެ. ރާއްޖެއަންނަ ފަތުރުވެރިންނަށް ރިޒަރވޭޝަން ހަދާ އުސޫލުން ހަމަ އެއްއަގެއްގައެވެ.

އެހެންކަމުން އަޅުގަނޑުމެންވެސް އުއްމީދުކުރީ “ފަތުރުވެރިންނަށް” އެލިބޭ ހުރިހާ ސަރވިސްއެއް “އެއްހަމައެއްގައި” އަޅުގަނޑުމެންނަށްވެސް ލިބޭނެ ކަމަށެވެ. ނަމަވެސް ކަންތައްދިމާވީ އެހެންގޮތަކަށެވެ.

އަޅުގަނޑުމެން ތިބި ކޮޓަރީގެ އެއަރކަންޑިޝަން މަސައްކަތެއް ނުކުރެއެވެ. ނުވަތަ ފިންޏެއް ނުވެއެވެ. އެވާހަކަ ރިޝެޕްޝަންގައި ބުނުމުން މީހަކު ފޮނުވާ ބެލިއެވެ. އަދި އޭނާ އެކިގޮތްގޮތަށް އޭސީގެ ރިމޯޓަށް ފިތާ ހެދުމަށްފަހު، 10 މިނެޓުފަހުން ފިނިވާނެކަމަށް ބުންޏެވެ. އެހެންނަމަވެސް 10 މިނެޓު 20 މިނެޓަށް އަދި 30 މިނެޓުން 45 މިނެޓަށް ބަދަލުވިވެގެންދިޔަ އިރުވެސް ފިނިކަމެއް ނުވިއެވެ.

އެހެންވުމުން ކޮޓަރީގައި ހުރި ފަންކާއިންނަމަވެސް ފިނިކަމެއް ލިބޭތޯ ފަންކާ އޮންކޮށްލީމެވެ. އަސްތާ. އެއިން އެގޮވި އަޑުން ނިދޭވަރެއް ނުވިއެވެ. ދެން އަނެއްކާވެސް ރިސެޕްޝަނަށް ގުޅާ އޭސީގެ ވާހަކަ ބުނީމެވެ. އަނެއްކާވެސް ހަމަފުރަތަމަ އައި މީހާ އައިސް ރިމޯޓާކުޅެފަ، ފަހުން ފިނިވާނެކަމަށްބުނެ ދިޔައީއެވެ. މިގޮތަށް 4 ނުވަތަ 5 ފަހަރަށް އެމީހާ އޭސީ ރަނގަޅުކުރަން އައިސް ހަމަ “ފަހުން ފިނިވާނެ” ކަމަށް ބުނެ ދަނީއެވެ.

ކުރާނެކަމެއް ނެތެވެ. އެއްކަލަ ބާރުއަޑުފައްގަނޑުގެ ފަންކާގެ ފިނީގައި ނިދޭތޯ މަސައްކަތް ކުރީއެވެ. އެހެންނަމަވެސް ނިދުނީ ގާތްގަޑަކަށް 10 ވަރަކަށް މިނެޓެވެ.

ޖެހިގެން އައި ދުވަހުވެސް އެވާހަކަ އެންގީމެވެ. އެދުވަހު އޭސީ މެކޭނިކް ފޮނުވާ ސަރިވިސްދިނީ އަޅުގަނޑުމެން ކޮޓަރީގައި ބައިތިއްބައިގެންނެވެ. ފަހަރުގައި އެއީ ދިވެހިންކަމަށްވާތީ ކަންވެސް ނޭނގެއެވެ. ހަމަގައިމުވެސް “ހުސްކޮޓަރި” ތައް ހުއްޓެވެ. އަދި ކުރީ ރެއާއި އެދުވަހުވެސް އެމީހުން ކޮޓަރިއަށް ވަނީ އަރައިގެންހުރި ފައިވާނާއި ބޫޓާއއްކޮންނެވެ. އެވާހަކަ ބުނުމުން ބުނީ ” އޯކޭ ” ވާނެ ކަމަށެވެ.

އަޅުގަނޑުމެން ރިސެޕްޝަނުގައިވެސް އެވާހަކަ ބުނީމެވެ. އެތާ އިން ބިދޭސީ މީހާވެސް ބުނީ ” އަޅުގަނޑުމެންނަކީ ދިވެހިން” ވީމަ އޯކޭ ވާނެ ކަމަށެވެ.

ހައިރާން ވަނީ ދިވެހިންނެކޭ، ބޭރު މީހުންނެކޭ އެތަނަށް ދައްކަންޖެހޭ ފައިސާގެ ޢަދަދަކަށް ބަދަލެއް ނާންނަކަމެވެ. އެކަމަކު ޚިދުމަތް ދިނުމުގައި ” ހާސްބައި ” ތަފާތެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.