އިސްލާމީ ދައުވަތު ދިނުމުގައި ހީވާގިވާށެވެ.

ތިބާ އަކީ މުސްލިމަކު ކަމުގައިވިޔަސް، ތާއަބަދު އިސްލާމީ ދައުވަތަށް ތިބާ ވަނީ ބޭނުން ޖެހިފައެވެ. އެގޮތުން އެންމެ ފުރުހަމަ ދަޢުވަތަކީ ތިބާގެ އަމިއްލަ ނަފްސަށް ދެވޭ ދަޢުވަތެއެވެ.

އިސްލާމް ދީނުގެ ފަރާތަށް ދެވޭ ކޮންމެ ދައުވަތަކީ އެކަމުގެ ސަބަބުން ތިމާގެ އީމާންތެރިކަންވެސް އިތުރު ވާނެ ކަމެކެވެ. އެހެނީ ހެޔޮކަންކަމަށް މީހުންގާތު ބުނާނަމަ، އެކަން ފުރަތަމަ ވާނީ ތިމާގެ އަމިއްލަ ނަފްސަށް ދެވޭ ނަޞީޙަތަކަށެވެ. ނުވަތަ ހަނދާން ކޮށްދިނުމަކަށެވެ. އެކަން ވާން ޖެހޭނީވެސް އެހެންނެވެ.

އިޝްތިހާރު Below Header ad

އެހެންނޫނީ ތިބާއީ  އެހެންމީހުންނަށް ހެޔޮމަގަށް އަމުރުކޮށް އަމިއްލަ ނަފްސު ހަނދާންނައްތާލާ މީހަކު ކަމުގައި ވެދާނެއެވެ. މިއީ ކީރިތި ޤުރްއާނުގައި ތަންބީހު ދެއްވާފައިވާ ނުރައްކާތެރި މައްސަލައެކެވެ. ﴿أَتَأْمُرُونَ النَّاسَ بِالْبِرِّ وَتَنسَوْنَ أَنفُسَكُمْ وَأَنْتُمْ تَتْلُونَ الْكِتَابَ أَفَلاَ تَعْقِلُونَ﴾ (البقرة: 44) މާނައީ: “ތިޔަބައިމީހުން ފޮތް ކިޔަވަކިޔަވައި ތިބޭ حال ގައި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުގެމަތިން ހަނދާން ނައްތާލައި، މީސްތަކުންނަށް ހެޔޮކަންތަކަށް أمر ކުރަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟”

އެހެންކަމުން އަމިއްލައަށްކުރާ ކަންކަމުގައި އިޚްލާޞްތެރިކަން އިޚްތިޔާރުކުރުން މުޙިއްމެވެ. ތިމާ އަކީ ހުރިހާކަމެއް އިނގިހުރި މީހަކުކަމުގައި ދެކެފިނަމަ، ނުވަތަ ތިބާ އުފަންވީ އިސްލާމީ މުޖްތަމައަކަށް ކަމުގައި ވުމުން، އިތުރަށް ތިބާއަށް ލިބެންޖެހޭ ދަޢުވަދެއް ނޯންނާނެކަމަށް ދެކުމީ ތިބާއަށް ހެދޭނެ އެންމެ ބޮޑު ގޯހެވެ. އަޅުގަނޑުގެ ނަޒަރުގައި އެންމެ ފުރަތަމަ އިސްލާމީ ދައުވަތު ދޭންވީ އެފަދައިން ދެކޭ މީހަކަށެވެ.

ތިބާގެ ޙަޔާތުގެ ކޮންމެ ވަގުތު ކޮޅެއްވެސް އެއީ ތިބާގެ އަމިއްލަ ނަފްސަށާއި ތިބާގެ އަޚާއަށް އިސްލާމީ ދައުވަތު ދެވޭ ވަގުތުކޮޅެއްކަމުގައި ހަދާށެވެ. ތިބާއަކީ ނަމޫނާއެއް ކަމުގައިވާށެވެ.

މީހެއްގާތު ހެޔޮބަހެއް ބުނާނެ ހިތްވަރު ނުވަތަ ފަންވަރެއް ތިބާގެ ކިބައިގައި ނެތްނަމަވެސް އެކަމާ ހިތާމަ ނުކުރާށެވެ. ތިބާ ދިރިއުޅޭ މުޖުތަމަޢުގައި ތިއްބެވި ދަންނަ ބޭކަލުންގެ ނަޞީޙަތާއި އިރުޝާދުން، ތިބާގެ އަމިއްލަ ނަފްސާއި ތިބާގެ އަޚާ މަންފާ ހޯދާށެވެ.

ދިވެހިރާއްޖެއަށް ބަލާލާނަމަ، އައްޝައިޚް ޢަލީ ޒާހިރު ފަދަ، ކަޅުބެ ޢަބްދުއްލަޠީފުގެ ދަރި، ޑރ. ޢިޔާޒުފަދަ ބޭބޭފުޅުންނަކީ، ދީނީ ދައުވަތުގައި ވަރަށް ހީވާގި ބޭފުޅުންނެވެ.

މިއީ ސަތޭކައިން ސަތޭކަ އިސްލާމީ ޤައުމެކެވެ. މިތަނުގައި އެެހެން ދީނަކަށް ދެން ދައުވަތު ދޭނެތަނެއް (ޖާގައެއް) ނެތެވެ. އަޅުގަނޑުމެން އެންމެން ޞާލިޙު ގޮތުގައި އިސްލާމްދީނަށް އުޅުނީމަ، މިރާއްޖެދާނީ މިދާވަރުން އަމާން ކަމާއި އޮމާންކަންމަތީގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.