ބުލީކުރުން ހުއްޓުވޭނީ ގޭތެރެއާއި މުޖުތަމައުގެ މަސްރަހު ބަދަލުކޮށްގެން: ޑރ. އިސްމާޢީލް ޝަފީޢު

ބުލީކުރުން ހުއްޓުވޭނީ ގޭތެރެއާއި މުޖުތަމައުގެ މަސްރަހު އުފާވެރި، ހިތްފަސޭހަ، އަދި އެކަކު އަނެކަކުދެކެ ލޯބިވާ ވެއްޓަކަށް ބަދަލުކޮށްގެން ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ސްކޫލްތަކުގައި ބުލީ ކުރާވާހަކަ އާއި ގުޅިގެން އާއްމު ރައްޔިތަކާ ވާހަކަދައްކަވާލެވުނުކަން ފާހަގަކުރައްވައި، އެކަމާ ގުޅިގެން ވަޒީރު ފާހަގަކުރެއްވި ކަންކަން ހިއްސާކުރައްވާފައެވެ.
އެގޮތުން ވިދާޅުވީ، ކުދިންނަކީ ވަށައިގެންވާ މާހައުލު ނަކަލުކުރާ ބައެއް ކަމަށާ، ކުލުނާއި އޯގާތެރިކަމެއް ނެތް މާހައުލެއްގައި ބޮޑުވާ ކުއްޖަކަށް ފެނިގެންދަނީ ނުހަނު ނޭދެވޭ މަންޒަރުތަކެއް ކަމަށެވެ
ވަޒީރު ވިދާޅުވީ، ސޯޝަލް މީޑިއާގައާއި އާންމު އެއްވުންތަކުގައި މީހުންގެ އަބުރަށް އަރައިގަތުމަކީ މިހާރު ދިވެހި މުޖުތަމަޢުގައި ”މުނިފޫހިފިލުވުން“ ކަމުގައި ވެފައިވާ ކަމެއް ކަމަށެވެ. އަދި އިވޭ ކޮންމެ އަޑަކީ، އަދި ފަތުރާލާ ކޮންމެ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށާ، ނަމަވެސް، ކަންކަމުގެ އަސްލު ބެލުމެއް ނެތި، އަނެކާގެ ހިތަށް ލިބޭނެ އަނިޔާއަށް ވިސްނުމެއް ނެތް މުޖުތަމައަކުން ނުކުންނާނީ ނަފްސާނީ ގޮތުން ބަލިކަށި ޖީލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.