
ރުކަކުން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާ ނިޔާވެއްޖެ
ކުޅުދުއްފުށީ ސިޓީގައި ރުކަކުން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާ މިއަދު ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ހދ. ނޭކުރެންދޫއަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ ހުސައިން ޝިފާޒް އެވެ.
ޝިފާޒް ރުކުން ވެއްޓިފައިވަނީ މި މަހުގެ 16 ވަނަ ދުވަހު ކުޅުދުއްފުށީ ހުރި ރުއްތަކެއް ސާފުކުރުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. އޭނާ ވެއްޓުނީ ވަރަށް ދިގު ރުކަކުންނެވެ.
ރުކުން ވެއްޓި އޭނާއަށް ވަރަށް ބޮޑަށް އަނިޔާވި އެވެ. ހާލު ސީރިއަސްވެ ފަރުވާ ދެމުންދިޔައީވެސް ވެންޓިލޭޓަރުގަ އެވެ.



