ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ސީރިއަސް އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަނީ

ކުރީގެ ނައިބް ރައީސް އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް (އެމްޓީޑީ)ގެ ރައީސް އަހްމަދު އަދީބް ސީރިއަސް އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަމުންދާކަމަށް އެ ޕާޓީން ބުނެފި.
އެމްޓީޑީއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަދުގެ ވަގުތެއްގައި ސީރިއަސް އަލާސްކަންފުޅަކާއި ގުޅިގެން ހާއްސަ ޑޮކްޓަރެއްގެ ފަރުވާ ހޯއްދަވާފައި ކަމަށެވެ. ޓްވިޓްގައި ބުނެފައިވަނީ 2015 އިން 2018 އަށް ބޭސްފަރުވާއިން މަހްރޫމުކޮށް އައިސޮލޭޝަން ޖަލެއްގައި 24 ގަޑިއިރު ތަޅުލައިގެން ދެވުނު އަނިޔާގައި ސިއްހީ އެތައްކަމެއް އަދީބަށް ދިމާވެފައިވާ ކަމަށެވެ.
އެހެން ނަމަވެސް އަދީބު ފަރުވާ ހޯދަވަނީ ކޮންކަހަލަ ބައްޔަކަށް ކަމެއް އެ ޕާޓީން ކުރި ޓުވިޓްގައި ބުނެފައެއް ނުވެއެވެ.
އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޚިޔާނާތުގައި ބައިވެރިވިކަމުގެ ކުށުގެ ދެ ދައުވާ އާއި މަގާމު ނުފޫޒު ބޭނުންކުރުމުގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރކުރުމުގެ ކުށުގެ ދެ ދައުވާއެވެ.
އެހުރިހާ ދައުވާއެއް ސާބިތުވެ އަދީބު އަންނަނީ 20 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވަމުންނެވެ.
ވިހި އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދީބު ގޭބަންދަށް ބަދަލުކޮށްފައިވާއިރު، ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. އަދި އޭނާ ގޭ ބަންދަށް ބަލުކޮށްފައިވަނީ ސަރުކާރާއެކު ހަދާފައިވާ ޑީލެއްގެ ދަށުންކަމަށްވެސް އަންނަނީ ތުހުމަތުކުރަމުނެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.