މުސްލިމުންގެ ޢަޤީދާ ވަރުގަދަވެގެން ނޫނީ އިންސާނީ ނަޞްލު ސަލާމަތް ނުކުރެވޭނެއެވެ.

މުސްލިމުންގެ ޢަޤީދާ ވަރުގަދަވެގެން ނޫނީ އިންސާނީ ނަޞްލު ސަލާމަތް ނުކުރެވޭނެއެވެ.

މުސްލިމުންގެ ޢަޤީދާ ވަރުގަދަވެގެނޭ ލިޔެފައި އެވަނީ ލިއުމުގެ ކުށަކުންނޫނެވެ. އަދި އޮޅުމަކުންވެސްނުމެ ނޫންމެއެވެ. އަދި ކިޔެއް އެއީ ޤަޞްދުގައި ލިޔެފައިވާ ޢިބާރާތެކެވެ. އެހެނީ ޞައްޙަ ވެގެންވާ ހަމައެކަނި ޢަޤީދާއަކީ އިސްލާމީ އަޤީދާއެވެ. އެނޫން އެހެން ހުރިހާ ދީނަކާ ފަލްސަފާއެއްގެ އިޢުދިޤާދުތަކަކީ ފާސިދު ވެފައިވާއެއްޗިއްސެވެ. ދުނިޔެވީ ނަޒަރިއްޔާތަކާއި ހަމަތަކުންވެސް ޘާބިތު ކުރެވިފައި ނުވާ ބާޠިލް ތަކެއްޗެވެ.

އިޝްތިހާރު Below Header ad

އެހެންކަމުން، އިސްލާމީ ތަރުބިއްޔަތުގެ އަހުލުވެރިން ކަމުގައިވާ މުސްލިމުންގެ ޢަޤީދާ ޞައްހަ ވުމީ ނުހަނު ބޭނުންތެރި ކަމެކެވެ. އޭގެ ސަބަބުން އެމީހުންގެ އުޅުމާ ގުޅުން އިޞްލާހުވެ އަދި، އެނޫން މީހުންނާދޭތެރޭ އޮންނަ ގުޅުންވެސް އިޞްލާހުވެގެން އާދެއެވެ. ނަތީޖާއަކަށް ވާނީ ޞައްޙަދީނުގެ މަގަށް އިންސާނުންނަށް ދެވޭ ދަޢުވަތު ތަރައްޤީވެގެން ފުޅާވުމެވެ.

މުޅި އިންސާނިއްޔަތުގެ ފަލާޙަށް ދެވޭ ދަޢުވަތަކީ އިސްލާމްދީނާށް ދެވޭ ދަޢުވަތެވެ. އެނޫން އެއްވެސް ދަޢުވަތަކަށް ތަބަޢަވެއްޖެ ބަޔަކުވަނީ ގެއްލެނިވެގެންނެވެ. އެހެނީ އެނޫން އެއްވެސް ދީނަކީ ޢާލަމްތަކުގެ ވެރި ﷲ ބަލައިގަންނާގެ ދީނެއް ކަމުގައި ނުވާތީއެވެ. ﴿وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ﴾ (85 :ال عمران) މާނައީ: “دين އެއްގެ ގޮތުގައި إسلام دين ނޫން دين އެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) قبول އެއް ނުކުރައްވާ ހުށްޓެވެ. އަދި، آخرة ގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.”

ކަން މިހެން އޮތްއިރު ރައްބުލް ކާއިނާތުގެ ޙަޟުރަތުގައި މަޤްބޫލު ހަމައެކަނި ދީނަކީ އިސްލާމްދީނެވެ. އިސްލާމްދީނުގެ އަހުލުވެރިން ކަމުގައިވާ މުސްލިމުންގެ އަޤީދާ ނިކަމެތި ވާނަމަ، ދެން އެދީނަށް ނަސްރު ދިނުމަށް މަސައްކަތް ކުރާނީ ކޮންބައެއް ހެއްޔެވެ. މިދީނުގެ ޙިދާޔަތް ނުލިބިވާ ފަރާތްތަކަށް ކާމިޔާބުގެ މަގު ދައްކާނީ ކޮންބައެއްހެއްޔެެވެ.

އެކަންކުރާނީމުސްލިމުންނެވެ. އާދޭހެވެ! ތިބާ އާއި އަޅުގަނޑެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.